މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަލިފުށީ ފުޓުބޯޅަ ދަނޑު ބޭނުންކުރުމާއި ، ދަނޑުގައި ކުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު

 

ރ.އަލިފުށީ ފުޓުބޯޅަ ދަނޑު ބޭނުންކުރުމާއި ، ދަނޑުގައި ކުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު

 

 

1- ތަޢާރަފާއި ނަން            (ހ) މިއުޞޫލަކީ ޤަވައިދު ނަންބަރު: R-632/2013 (ރަށުގެ ޢާންމު ތަންތަނުގައިމުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދު) ގެ 9 ވަނަ މާއްދާ އާއި ،R-2207/2013(ޢާއްމުއުނދަގުލާބެހޭ ޤަވާޢިދު) ގެ 19 ވަނަ މާއްދާ އާއި އަދި R-649/2013 (ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާޢިދު) ގެ 7 ވަނަ މާއްދާގެ ދަށުން، ރ.އަލިފުށީ ފުޓުބޯޅަ ދަނޑު ބޭނުންކުރުމާއި ، ދަނޑުގައި ކުޅުމުގައި ޢަމަލުކުރަންވީ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާއުޞޫލެކެވެ.

                      (ށ) މި އުޞޫލަށް ކިޔާނީ " ރ.އަލިފުށީ ފުޓުބޯޅަ ދަނޑު ބޭނުންކުރުމާއި ، ދަނޑުގައި ކުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ.

 

2-  މަޤްޞަދު               މިއުޞޫލުގެ މަޤްޞަދަކީ ރ.އަލިފުށީ ފުޓުބޯޅަ ދަނޑު ރައްކާތެރިގޮތުގައި ދިގުމުއްދަތަށް ބޭއްވުމާއި، ދަނޑުގައި ކުޅޭ ކުޅުންތެރިންނަށް ދަނޑުގެ މަންފާ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމައްޓަކައި ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ދަނޑު ބޭނުންކުރުމެވެ.

 

3- ޢަމަލުކުރަން ފަށާ ތާރީޚް        މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 ނޮވެންބަރު 11 ވަނަ ދުވަހުން ފެށިގެންނެވެ.

 

4- ކުޅޭ ގަޑިތައް              (ހ) ދަނޑުގައި ކުޅެވޭނީ ހެނދުނު 06:00 ން 08:00 ށް އަދި ހަވީރު 16:00 ން 18:00 ން (އިރުއޮތްސެންދެނެވެ).

                       (ށ) ހުކުރު ދުވަހުގެ ހެނދުނު 06:00 ން 08:00 ށް ޚާއްސަ ކުރެވިފައިވަނީ 35 އަހަރުން މަތީގެ އުމުރު ފުރައިގެ ފަރާތްތަކަށެވެ.

                       (ނ) ޒިއްމާވާ ފަރާތެއްގެ ބެލުމުގެ ދަށުން ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ން 08:00 ށް ޚާއްސަ ކުރެވިފައިވަނީ ކުޑަކުދިންނަށެވެ.

 

5- ޚާއްސަ ހުއްދައިގެ ދަށުން        (ހ) ސަރުކާރު މުއައްސަސާތަކުންނާއި، ކުލަބު ޖަމުއިއްޔާ ތަކުންނާއި،

ދަނޑު ދޫކުރުން                ކުންފުނިތަކުން އަދި އަމިއްލަ ފަރުދުން އެދިގެން ޚާއްސަ ހަރަކާތްތަކަށް ދަނޑު ދޫކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

                        (ށ) ހުއްދަ ދެވިގެން ދަނޑު ބޭނުން ކުރުމުގައި ބޯޅަ ކުޅުމާއި، ކޯޗިންގ ކޭންޕު އަދި މުބާރާތް ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެވެ.

                        (ނ) ހުއްދައަށް އެދުމަށް ކައުންސިލުން (އެނެކްސް 1)ފޯމްއެއް ދޫކުރާނެއެވެ.

 

6- ދަނޑުގައި ކުޅޭ ބޯޅަ           (ހ) އާންމުކޮށް ކުޅުމަށް ބޭނުންކުރާނީ 5(ފަހެއް) ނަންބަރު ބޯޅައެވެ.

                        (ށ) ކޯޗިންގ ކޭންޕް އަދި ކުޑަކުދިންނަށް ފުޓުބޯޅަ ކުޅެން ލިބޭ ވަގުތު ތަކުގައި 6 ގެ (ހ) އިސްތިސްނާ ވާނެއެވެ.

 

7- ދަނޑުގައި އެއްފަހަރާ           (ހ) ދަނޑުގައި އެންމެ ގިނަވަގެން ޓީމެއްގައި ކުޅެވޭނީ 11 ކުޅުންތެރިންނަށެވެ.

 ކުޅެވޭ އަދަދު                (ށ) ކޯޗިންގ ކޭންޕް ފަދަ ހަރަކާތްތައް ހިންގުމަށް 7 ގެ (ހ) އިސްތިސްނާ ވާނެއެވެ.

 

8- ދަނޑުގެ ގޭޓް ތައް            (ހ) ދަނޑުގެ ހުޅަނގު އުތުރު ގޭޓް (ގޭޓް ނަންބަރު1) ދަނޑުގެ ހުޅަނގު ދެކުނު ގޭޓް (ގޭޓް ނަންބަރު 2) ދަނޑުގެ އިރު އުތުރު ގޭޓް (ގޭޓް ނަންބަރު 3) ދަނޑުގެ އިރު ދެކުނު ގޭޓް (ގޭޓް ނަންބަރު 4) އަދި ދަނޑުގެ ރޮސްޓޮރަމް ގޭޓް (ގޭޓް ނަންބަރު 5) ކެވެ.   

                        (ށ) މުބާރާތް ތަކުގައި ގޭޓް ނަންބަރު 5 ބޭނުން ކުރެވޭނެވެ.

                        (ނ) ގޭޓް ނަންބަރު 2 ބޭނުން ކުރާނީ އެމެޖެންސީ ހާލަތްތަކުގައެވެ.

                        (ރ) އާންމުކޮށް ދަނޑަށް ވަންނަން ބޭނުން ކުރާނީ ގޭޓް ނަންބަރު 1 ކެވެ.

 

9- ގަޑި ވިއްކުން               (ހ) ލައިޓް ބޭނުން ކޮށްގެން ކުޅޭ ހާލަތެއްގައި މިއުޞޫލުގެ ދަށުން ފީއެއްނެގުމުގެ ފުރިހަމަ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

                         

 

10- އިސްތިހާރު ފަދަބޯޑް        (ހ) ދަނޑުގައި އިސްތިހާރު ބޯޑް، ބެނާރ އަދި ސައިނިންގ ބޯޑު ބެހެއްޓޭނީ

ބެހެއްޓުން                 ކައުންސިލުން ހުއްދަ ލިބިގެންނެވެ. (އަދި މިފަދަބޯޑްތައް ބެހެއްޓުމުގެ ފީއެއް ނެގުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

                      (ށ) މިހުއްދައިގެ ދަށުން ބަހައްޓާ ބޯޑްތައްވެސް ހުންނަންވާނީ ކައުންސިލުން ފާސްކުރެވިފައިވާ މިންގަޑުތަކާއި އެއްގޮތަށެވެ.

 

 

11- ދަނޑުގައި ކުރުން          (ހ) ދުންފަތާއި ދުންފަތު އިސްތިއުމާލު ކުރުން

މަނާ ކަންކަން               (ށ) ކުޅިވަރުގެ މިންގަޑަށް ނުފެތޭ ކެއުމާއި ބުއިން

                       (ނ) ޖާޒީ ނުލާ ކުޅުން

                       (ރ) ހުސްފައިގައި ކުޅުން

                       (ބ) ވަށާފާރަށް އެރުމާއި ފެންސަން އެރުން

                        (ޅ) މިންގަޑަށް ނުފެތޭ ބޫޓުގައި ކުޅުން (މި މާއްދާއަށް އަމަލު ކުރަން ފަށާނީ 2021 ނޮވެންބަރު 10ވަނަ ދުވަހުން ފެށިގެންނެވެ).

                        (ކ) ފުޓުބޯޅަ ދަނޑަށް ގެއްލުމެއް ލިބޭނެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

12- ޖޫރިމަނާ                (ހ) މިއުޞޫލާއި ހިލާފުވާ ފާރާތްތައް 100.00(އެއްސަތޭކަ ރުފިޔާ) އާއި 1000.00(އެއްހާސް ރުފިޔާ) ދެމެދުގެ އަދަދަކުން ޖޫރުމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

                        (ށ) ޖޫރުމަނާ ފައިސާ 10 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ނުކޮށްފިނަމަ އެފަރާތް ނުވަތަ އެފަރާތްތަކަށް ދަނޑުގެ އެއްވެސް ބޭނުމެއް ނުކުރެވޭނެއެވެ.

                        (ނ) ފުޓްބޯޅަ ދަނޑަށް ގަސްދުގައި އެއްވެސް ގެއްލުމެއް އެއްވެސް ފަރާތަކުން ދީފިކަމުގައި ވާނަމަ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭނެއެވެ.

 

13- މާނަ ކުރުން             މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ އަށެވެ.

15 ނޮވެންބަރު 2020
ހޯދާ