ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޝަރުޢީދާއިރާއިން ކުށާއި، ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމާ ގުޅޭ

ޤާނޫނު ނަންބަރު: 21/2020 )ޤާނޫނު ނަންބަރު: 12/2016 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އާ ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް، އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާފައި ވާތީ، 2020 ނޮވެންބަރު 22 ވަނަ ދުވަހުން ފެށިގެން ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމުގައި ދެންނެވީމެވެ. އަދި ރެކޯޑް ސާފުކުރެއްވުމަށް ހުށަހަޅުއްވާފައިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް އަދި ލިޔުންތައް ހަމަކުރެއްވުމަށް ދެންނެވީމެވެ.

  • ރެކޯޑް ސާފުކުރާ ފޯމް (ފޯމް ފުރިހަމަ ކުރައްވާއިރު ދާއިމީއެޑްރެހަށް އައިސްފައިވާ އެންމެހާ ބަދަލުތައް ،އަދި ދަފްތަރު، ފްލެޓް ނުވަތަ ހުޅުމާލޭގެ އެޑްރެހުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ނަމަ، އެ އެޑްރެހަކަށް ބަދަލުވުމުގެ ކުރީގެ ދާއިމީއެޑްރެސް އެނގޭނެހެން ފުރިހަމަ ކުރެއްވުން)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ދިވެހި ރައްޔިތެއް ނޫންނަމަ، ޕާސްޕޯޓުގެ ސާފު ކޮޕީ
  • ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ، ކޮމްޕެނީގެ ރަޖިސްޓްރީ ގެ ސާފު ކޮޕީ
  • ފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރު

ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއި އެކު މަތީގައިވާ މަޢުލޫމާތު ހިމަނައިގެން ޕީ.ޑީ.އެފް ކޮޕީ، [email protected] އަށް އީމެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާނަމަ 3340811 , 3340812 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

04 ރަބީޢުލްއާޚިރު 1442

22 ނޮވެންބަރު 2020
ހޯދާ