ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރ ޕާޗެސިންގ އެގްރީމެންޓްގެ ދަށުން ސޯލަރ ކަރަންޓު އުފައްދާ ނިޒާމެއް އަމިއްލަ ޚަރަދުގައި ގާއިމްކޮށް، އޮޕަރޭޓްކޮށް އެނިޒާމުން އުފައްދާ ކަރަންޓު ހޯރަފުށީގެ ގްރިޑަށް ފީޑްކޮށް ވިއްކުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ޕަވަރ ޕާޗެސިންގ އެގްރީމެންޓްގެ ދަށުން ސޯލަރ ކަރަންޓު އުފައްދާ ނިޒާމެއް އަމިއްލަ ޚަރަދުގައި ގާއިމްކޮށް، އޮޕަރޭޓްކޮށް އެނިޒާމުން އުފައްދާ ކަރަންޓު ހޯރަފުށީގެ ގްރިޑަށް ފީޑްކޮށް ވިއްކުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ހޯރަފުށީ ކައުންސިލުން ދައްކާ ހޯރަފުށީގެ މޫދުގެ ސަރަހައްދެއްގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ސޯލާ ގްރިޑް ކަނެކްޓެޑް ނިޒާމެއް "ޑިޒައިން، ބިލްޑް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" އުސޫލުން ފައިނޭންސްކޮށް ސިސްޓަމުން އުފައްދާ ކަރަންޓު ގްރިޑަށް ފީޑްކޮށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން ބޭނުންވެއްޖެއެވެ.
  2. ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖާގަ މޫދުން ކައުންސިލުން ހަމަޖައްސައިދެވޭނެއެވެ.
  3. ސޯލާ ޕެނަލް ރަހުކޮށްގެން ކަރަންޓު އުފެއްދޭނެ މިންވަރު ދެނެގަތުމަށް މިހާރު ރަށުގައި ކަރަންޓު އުފެއްދުމަށް ޤާއިމުކޮށްފައިވާ ނިޒާމު ދިރާސާކޮށް ހެދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. ރަށަށް ފޯރުކޮށްދެމުންދާ ނިޒާމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ސަބަބުން ދިމާވެދާނެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ބީލަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  5. ބީލަން ދިރާސާކުރުން 

މާލީ ޤާބިލުކަން

މާލީ ޤާބިލުކަން ހުރިކަން ޔަގީންކޮށްދޭ ލިޔުންތައް.

30

މަޝްރޫޢުތައް ހިންގުމުގެ ޤާބިލުކަން

ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން، ސަބް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން، ޖޮއިންޓް ވެންޗަރ މެމްބަރެއްގެ ހައިސިއްޔަތުން ނުވަތަ މެނޭޖުމަންޓް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން މިދާއިރާއިން ކޮންފައިވާ މަސައްކަތްތައް.

40

މުއްދަތު

މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

10

ޤާއިމުކުރުމަށް ހުށަހަޅާ ޢަދަދު

ރަށުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް ހުށަހަޅާ ޢަދަދު.

20

ޖުމްލަ މާރކްސް

100

 

*ފައިނޭންޝިއަލް ޕްރޮޕޯސަލް ހުޅުވާނީ ޓެކްނިކަލް ޕްރޮޕޯސަލުން 70 މާރކްސް ލިބޭ ފަރާތްތަކުގެ އެކަންޏެވެ. 

ކަރަންޓު ޔުނިޓެއް ވިއްކުމަށް ހުށަހަޅާ އަގު

ބީލަން ކާމިޔާބު ވާނީ ކަރަންޓު ޔުނިޓެއް ވިއްކުމަށް އެންމެ ދަށް އަގު ހުށަހަޅާ ފަރާތެވެ.

 

  1. މި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު ދިނުން އޮންނާނީ އޮންލައިންކޮށް 26 ނޮވެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 11:00 ގައި، ހޯރަފުށީ ކައުންސިލުގެ އިދާރާގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ނޮވެމްބަރު 2020 (ބުދަ) ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ބިޑު ހުށަހެޅުމަށް ރެޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް އެދި އީމޭލް ފޮނުވާނެ އެޑްރެހަކީ [email protected] އެވެ.
  2. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރު 2020 (އަންގާރަ) ދުވަހުގެ 11:00 ގައެވެ. މިމަސައްކަތް ކުރުމަށް ބިޑް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
  3. ބީލަން ތައްޔާރުކޮށްފައި އޮންނަން ޖެހޭނީ އިނގިރޭސި ބަހުންނެވެ.

 

22 ނޮވެންބަރު 2020
ހޯދާ