ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެފަރާތެއް ހޯދުން

                          ކޮންޓްރެކްޓް އުސޫލުން 2021 ވަނައަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މިސްކޫލްއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތުދިނުމުގެ ސެޝަން

ކުޑަފަރީ ސްކޫލް

26 ނޮވެމްބަރ 2020

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން

ކުޑަފަރީ ސްކޫލް

1 ޑިސެމްބަރ 2020

އަންގާރަ

11:00

 

 މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިސްކޫލަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

22 ނޮވެންބަރު 2020
ހޯދާ