ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން އަށް ބޭނުންވާ "ސްޓްރީޓް ލައިޓްސް" ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: RDC-IUL/PROC/2020-55

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން އަށް ބޭނުންވާ "ސްޓްރީޓް ލައިޓްސް" ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ

 

މި ކޯޕަރޭޝަންގެ ބޭނުމަށް ސްޓްރީޓް ލައިޓް ގަންނަން ބޭނުންވެއެވެ. ތަފްސީލް ތިރީގައި އެވަނީއެވެ.

Quantity required

Unit

Item Description

#

48

Nos

Column & Bracket Arm for Street Lights (with J Bolts & Flanges) Single Arm

1

51

Nos

Column & Bracket Arm for Street Lights (with J Bolts & flanges) Double Arm

2

150

Nos

Street Lights (with casing, Lamp, Ballast, Igniter, Internal wiring)

3

Drawings and measurements are given in the TOR attached to this gazette posting. Items quoted should be as seen in TOR or equivalent.  

  •  

    މި ބިޑް އިވެލުއޭޓްކުރުމުގައު ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :

  • 1-     ހުށަހަޅާ އަގަށް: %60
  • 2-   ޑެލިވަރީ މުއްދަތު:  15%
  • 3-   ތަޖުރިބާ:  10% -  (ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ކޮށަފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 2 މާރކްސް އެވެ. ޖުމްލަ ބަލާނީ 5 ލިޔުމަށެވެ.)
  • 4- ޕޭމަންޓް ޝެޑިއުލް: - 15%އެންމެ ދިގު ޕޭމަންޓް މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ މަތިން މާކްސް (އެންމެ ކުރު މުއްދަތެއް ގޮތުގައި ހުށަހެޅޭނެ ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ. ޕްރޮޕޯސަލް ތަކުގައި "ޕޭމަންޓް ޓަރމް" ގޮތުގައި މުއްދަތު ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.  (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. )     

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،26 ނޮވެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 14:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2 ޑިސެމްބަރ 2020 (ބުދަ) ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަން އަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް / ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

              ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

 

 

 

22 ނޮވެންބަރު 2020
ހޯދާ