ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

           މާލެ،

         ދިވެހިރާއްޖެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2020/144  

ތާރީޚް: 18 ނޮވެމްބަރ 2020

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ(ފައިނޭންސް)

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

7,035/- ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-  ޖުޑީޝަލް އެލަވަންސް: 3,517/50 އަސާސީ މުސާރައިގެ (%50)

-  ސަރވިސް އެލަވަންސް: -/2,000

-  ލިވިންގ އެލަވަންސް: -/3000

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-  ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

   1. އެކައުންޓްސް ޕެޔަބަލް

  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދާފައިވާ މުދަލާއި ޚިދުމަތާއި ކުރުވާފައިވާ މަސައްކަތަށް ފައިސާ ދެއްކުމަށްޓަކައި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަމަށް ހުއްދަ ދިނުން.
  • ފައިސާ ދެއްކުމަށް ފޮނުވާ ބިލްތައް ޕްރޮސެސްވާކަން ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން ޔަގީންކުރުމާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުން ދިއުން.
  • ބިލްތައް ބަރާބަރަށް ލިބެމުންދޭތޯ ބެލުމާއި އެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މި ކަމާ ގުޅުންހުރި ޓާގެޓްތައް ހާސިލްވާކަން ޔަގީންކުރުން.

   2. ޕެޓީ ކޭޝް

  • ޕެޓީ ކޭޝް އިން ކުރަންޖެހޭ ޚަރަދުތަކަށް ހުއްދަ ދިނުން.
  • ޕެޓީ ކޭޝްގެ ހިސާބުތައް ގަވާއިދުން ބަލަހައްޓަމުންދާކަން ޔަގީންކުރުމާއި ޕެޓީ ކޭޝް ބޭނުންވާ ހާލަތްތަކުގައި ފައިސާ ލިބޭނޭ ގޮތަށް އިންތިޒާމްތައް ރޭވުން.

   3. ޑީޖޭއޭ އަށް ބަލައިގަންނަ ފައިސާ އާއި ތިޖޫރީ ހިސާބުތައް ބެލެހެއްޓުން

  • ލިބޭ ފައިސާގެ ހިސާބުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރެކޯޑްކުރަމުން ދާކަން ޔަގީންކުރުމާއި އެކަމާ ގުޅުންހުރި ކަންކަމުގައި ދޭންޖެހޭ ހުއްދަ ދިނުން.
  • ދަރިންގެ ޚަރަދާއި ސާބިތު ދަރަންޏާއި އެފަދަ އެހެން ކަންކަމަށް ބަލައިގަންނަ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކުރުމަށްޓަކައި ގަވާއިދުން ޕޭމަންޓް ވައުޗަރު ހަދާކަން ޔަގީންކުރުމާއި ވައުޗަރުތަކަށް ހުއްދަ ދިނުމާއި ޕަބްލިކް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަމަށް ހުއްދަ ދިނުމާއި ހައްގުވެރިންނަށް އެފައިސާ ހަވާލުކުރެވޭކަން ޔަގީންކުރުން.
  • ތިޖޫރީ ހިސާބުތައް ގަވާއިދުން ބަލަހައްޓާކަން ޔަގީންކުރުމާއި އެކަމާ ގުޅުންހުރި ކަންކަމުގައި ހުއްދަ ދިނުން.
  • ލިބޭ ފައިސާގެ ހިސާބުތައް ގަވާއިދުން ރެކަންސައިލްކުރުން.

   4. މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދަށް ފައިސާ ފޮނުވުމާއި އެ ކޯޓުތަކުގެ ހިސާބުތައް ބެލެހެއްޓުން

  • މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދުތަކަށް ބޭނުންވާ މިންވަރަށް ލަސްނުކޮށް ފައިސާ ފޮނުވޭނޭ އިންތިޒާމް ހަމަޖެއްސުމާއި އެކަން އެގޮތަށް ހިނގާކަން ޔަގީންކުރުމާއި އެކަމާ ގުޅޭ ޕޭމަންޓް ވައުޗަރުތަކަށް ހުއްދަ ދިނުމާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅައި ހުއްދަ ދިނުމާއި އެ ފައިސާ ޖަމާކުރެވޭކަން ޔަގީންކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރެވޭ ފައިސާގެ ހިސާބުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރެކޯޑްކުރެވޭކަން ޔަގީންކުރުމާއި އޭގެ ހިސާބުތައް ރެކަންސައިލްކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދަށް އެ ކޯޓުތަކުގެ އެކައުންޓަށް ޖަމާކުރެވޭ ފައިސާއިން ކުރެވޭ ޚަރަދުތަކާއި އެ ކޯޓުތަކަށް ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓްތައް ހޯދުމާއި އެ ރިޕޯޓްތައް ދިމާވޭތޯ ބެލުމާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

   5. ބަޖެޓް ތައްޔާރުކުރުން

  • ޑީޖޭއޭ އާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭސްލައިން ބަޖެޓް އެސެސްމަންޓް ތައްޔާރުކުރުން
  • އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ ކޮންސޮލިޑޭޓެޑް ބަޖެޓް ތައްޔާރުކުރުމުގައި މާލީ ޒިންމާދާރުވެރިޔާ އަށް އެހީތެރިވުން.

   6. މާލީ ބަޔާން ތައްޔާރުކުރުން

  • ޑީޖޭއޭ އާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މާލީ ބަޔާން ތައްޔާރުކުރުން.
  • އަދުލުއިންސާފު ގާއިމްކުރުމުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީ ޒިންމާދާރުވެރިޔާ އަށް އެހީތެރިވުން.

   7.  ސެކްޝަނަށް އަންނަ ސިޓީ/މެސެޖް/އީމެއިލް ފަދަ ތަކެއްޗަށްއަޅަންޖެހޭ ފިޔަވަޅެއް އެކަމަށް ކަނޑައެޅިގައިވާ ސުންގަނޑީގެ ކުރިން އަޅައި ނިންމާކަން ޔަގީންކުރުން.

   8. އެހެނިހެން މަސްއޫލިއްޔަތު

  • 'ފައިނޭންޝަލް ޑެލެގޭޓް' ގެ ހައިސިއްޔަތުން ޕަރޗޭސް އޯޑަރަށް ހުއްދަ ދިނުން
  • ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • މާލީ ޒިންމާދާރުވެރިޔާ ނެތް ވަގުތެއްގައި ނުވަތަ އޭނާ ކަނޑައަޅާ ވަގުތެއްގައި އޭނާގެ ޒިންމާ އަދާކުރުން.

ތަޢުލީމީ ރޮނގު

 ބިޒްނަސް އެކައުންޓިންގ އެންޑް ފައިނޭންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. CIMA / ACCA
  3. ފައިނޭންސް އެންޑް އެކައުންޓްސް

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

 2020 ނޮވެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340853
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދާއިރާގެ އެހެން ކޯޓުތަކަށާއި، ރާއްޖޭއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.
  •  މައިކްރޮސޮފްޓް އެކްސެލް އަދި ވަރޑް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޕްރޮފެޝަނަލް ކަމާއެކު ޝަރުޢީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
  •  SAP ބޭނުންކުރަން އެނގުން ނުވަތަ އަވަހަށް ދަސްކުރެވޭނޭ މީހަކަށްވުން.
  • ފައިނޭންޝިއަލް ރިޕޯޓިންގ (އެކައުންޓިންގ ސްޓޭންޑަޑްތައް އާދައިގެ މިންވަރަކަށް އެނގުން)
  • ފައިނޭންޝިއަލް ބުކް ކީޕިންގ ގެ ހުނަރު ލިބިފައިވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އަދި އެނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
18 ނޮވެންބަރު 2020
ހޯދާ