މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު 13,350.00 ރުފިޔާ (ތޭރަހާސް ތިންސަތޭކަ ފަންސާސް ރުފިޔާ )
  2. ސަރވިސް އެލަވަންސް: މަހަކު   3978.00 ރުފިޔާ (ތިންހާސް ނުވަސަތޭކަ ހަތްދިހަ އަށް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ޔުނިޓް:

އައިޓީ ޔުނިޓް

މަޤާމުގެ މަސްޢޫލިއްޔަތު

  • ކުންފުނީގެ އެކި ދާއިރާތަކަށް ބޭނުންވާ ސޮފްޓްވެއަރތަކާއި މޮބައިލް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމާއި އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ އެކި އެކި ދާއިރާތަކުގައި ބޭނުންކުރާ ސޮފްޓްވެއަރތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ސޮފްޓްވެއަރތަކަށް ކުރިމަތިވާ ފަންނީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ކޮމްޕިއުޓަރ ސައެންސް / ކޮމްޕިއުޓަރ އިންޖިނިއަރިން ދާއިރާއިން ޑިގްރީ ހާޞިލްކޮށްފައިވުމާއެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  •  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ލިބިފައިވުން.
  • PHP, MySQL, GIT ބޭނުންކޮށްގެން ކޯޑް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން. 
  • HTML,CSS3,JavaScript, Bootstrap އަދި JQuery ގެ ބޭސިކް ބޭނުން ކުރުމުގެ ހުނަރު ލިބިފައިވުން.
  • PHP Laravel Framework ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
  • ކުރެވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް އިން ފާސްވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 26 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

 

https://maldivespost.com/media/downloads

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 ނޮވެންބަރު 2020
ހޯދާ