ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/2020/06

ތާރީޚް: 19 ނޮވެންބަރު 2020

 


މަޤާމު

ކޯޓު އޮފިސަރ

 

ޢަދަދު

1

ރޭންކް: ޖީ.އެސް.3

 

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

 

ސެކްޝަން

ޝަރުޢީ ސެކްޝަން

 

އަސާސީ މުސާރަ:

-/4,465 ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ  ނުވަތަ އެއާ ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން،

   ނުވަތަ،

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

އެހެނިހެން ޝަރުޠު

-          ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

-          ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މައިގަނޑު މަސައްކަތް

  • ޝަރީޢަތުގެ މަޖިލިހަށް ވެއްދޭ ފަރާތްތައް ހެދުން އަޅާފައިވަނީ ކޯޓަށް ޙާޟިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާބެހޭ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  • ޝަރީޢަތުގެ މަޖިލިހަށް ވެއްދޭ ފަރާތްތައް މަޖިލިހަށް ވައްދައި، އެމީހަކަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި އެމީހަކު ބޭންދުން.
  • ޝަރީޢަތް ފެށުމުގެ ކުރިން ބޭނުންވާނެ ލިޔެކިއުމުގެ ސާމާނާއި، ސޮއިކޮށް އިނގިލީގެ ނިޝާންޖަހައި ދެލި ފޮހުމަށް ބޭނުންވާ ސާމާނު ހަމަކޮށް، ޤަޟިއްޔާގެ ފައިލު ބެންޗަށް ލައި، ޝަރީޢަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވުމުން މައްސަލަ ބަލާ ޤާޟީއަށް އެކަން އެންގުން.
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖެއްސުވުން.
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޓައިޕުކޮށް ތައްޔާރުކުރުން.

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލަޖީ

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ، ޤާނޫނު ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-    ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.)

2-   ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

5-   ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ.

6-   މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފިރުހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

7-   އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި

29 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

-          މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

-          އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓު އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާރކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 30%
  • މަސައްކަތު ތަޖުރިބާ: 10%
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10%
  • އިންޓަރވިއު: 50%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-          ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.

-          ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

-          ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އެޅެވޭނެ މީހެއް ކަމުގައިވުން.

-          މައިކްރޯސޮފްޓް ޕެކޭޖަށް އަޙުލުވެރި ފަރާތެއްކަމުގައިވުން.

       

 

 

19 ނޮވެންބަރު 2020
ހޯދާ