ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ބަނދަރުގައި ހަނިމާދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހަނިމާދޫ ބަނދަރުގައި ހަނިމާދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                 ހަނިމާދޫ ބަނދަރު ސަރަޙައްދުގައި ހަނިމާދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީ އެމޮނިއުމަންޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                 ވީމާ، ކަމަށް ޝަޢުޤު ވެރިވެލައްވާ ފަރާތްތަކުން، 23 ނޮވެންބަރު 2020  ވާ ހޯމަ ދުވަހުގެ 23:00 ގެ ކުރިން، ޝަޢުޤުވެވެލައްވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އާއި ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް،  [email protected]  އަށް މެއިލްކޮށްގެން ނުވަތަ 7743397 މި ނަންބަރަށް ވައިބަރ ކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމަށް ނަންނޯޓް ކުރާ ފަރާތްތަކަށް މިކަމާއިބެހޭ މަޢުލޫމާތު ކަރުދާސް އީމެއިލް ނުވަތަ ވައިބަރ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7743397 އިބްރާހީމް ޢަލީ، ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އާއި އެވެ.

19 ނޮވެންބަރު 2020
ހޯދާ