މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ލެބޯޓަރީ (ފެން ޓެސްޓް) ކުރާ އިކުއިޕްމަންޓްސް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ 25 ރަށަށް ފެން ޓެސްޓް ކުރާ އިކުއިޕްމަންޓްސް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކާ ޑެލިވަރ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފެން ޓެސްޓް ކުރާ އިކުއިޕްމަންޓްސް (ވޯޓަރ ޓެސްޓިންގ އިކުއިޕްމަންޓްސް) ގެ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް"  މި ޢިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

  • ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް މި ތަކެތި ގަތުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  • މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

 

  • މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 24 ނޮވެމްބަރ 2020 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ.

ޕްރީ-ބިޑް މީޓިންގ

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ  23ނޮވެމްބަރ 2020 ވާ ދުވަހު  11:00ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ.

ބިޑް ސެކިއުރިޓީ

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 65,000 (ފަސްދޮޅަސް ފަސް ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ވެލިޑިޓީ ޕީރިއެޑް ހަމަވުމުގެ އިތުރުން 30 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23 ނޮވެމްބަރ 2020  ވާ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (90)   ނުވަދިހަ ދުވަސް އޮންނަންވާނެއެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  30 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 11:00 ހުށަހެޅުއްވުން އެދެމެވެ.

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

         ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

          ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018396، 3018395 

          އީމެއިލް : [email protected]

   (މަޝްރޫޢު ނަން)

   އިޢުލާނު ނަންބަރު:

 

ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018396، 3018395  ނަންބަރު ފޯނަށެވެ.
  • މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ހުރިހާ އައިޓަމަކަށް ބިޑް ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް ބިޑް ހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

 

18 ނޮވެންބަރު 2020
ހޯދާ