ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އައްޑޫ ސިޓީ ގަން ސައިޓުގައި ހުރި ބާދަގަނޑު ބައްލަވައިގަންނާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ތަކެތި ބެއްލެވުން: 22 އަދި 23 ނޮވެމްބަރ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 02:00 އަށް އައްޑޫ ސިޓީ ގަން އެފްއެސްއެމް ސައިޓަށް ދުރުވުމުން ތަކެތި ބެއްލެވޭނެއެވެ.

 

  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހަޅުއްވާނީ 24 ނޮވެމްބަރ 2020 އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ. އަގު ހުށަހަޅުއްވާނީ މިއިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ އަގު ހުށަހަޅާ ފޯމުންނެވެ.

 

ބީލަން އެވޯޑުކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަށެވެ. ބީލަން އެވޯޑު ކުރެވޭތާ 4 ދުވަހުގެ ތެރޭގައި ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ފައިސާ ދައްކާ ޚަލާސް ކުރައްވަން ވާނެއެވެ. ތަކެތި ގެންދެވޭނީ ފައިސާ ދައްކާ ޚަލާސްކުރުމަށް ފަހުއެވެ.

ފައިސާ ދައްކުމަށްފަހު، 07 ދުވަސް ތެރޭ ތަކެތި ގެންގޮސް ތަން ހުސްކުރަން ވާނެއެވެ.

              އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331456 ނުވަތަ 7770984 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 ނޮވެންބަރު 2020
ހޯދާ