މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

                               ނަންބަރ: IUL10-M/2020/52

                      އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA  އިން ޑައުންލޯޑް ކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، ނޮވެމްބަރު 19، 22، 23، 24، 25 މި ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އިންނެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

                                                       

18 ނޮވެންބަރު 2020
ހޯދާ