މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ކޮންޓްރެކްޓް

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ލޮނުޒިޔާރަތް ޕާކް

މުސާރަ:

5000.00

ސަރވިސް އެލެވަންސް:

1500.00

އެހެނިހެން އެލަވަންސް:

  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
  • އެހެނިހެން އެލަވަންސްގެ ގޮތުގައި މަހަކު -/700 ލިބޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ޕާކުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި އިތުރުގަޑިތައް ބެލެހެއްޓުމުގެ ކަންކަން ކުރުން.
  2. ޕާކުގެ މެއިންޓަނެންސް ގެ ކަންކަން ބެލެހެއްޓުމާއި ސިޓީއާއި ލިޔުންތައް ބަލައިގަނެ އެންޓްރީ ކުރުން.
  3. ޕާކުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  4. ސަރުކާރު އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ކައުންސިލަށް ފޮނުވަން ޖެހޭ ސިޓީ އާއި މެމޯ ފަދަ ތަކެތި ލިޔެ، ޖެމްސްއިން ނަންބަރު ނަގާ ފޮނުވުން އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވާ ފައިލްކުރުން.
  5. ޕާރކުތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  6. ޕާކްތަކުގެ މަސައްކަތްތަކަށް ހޯދާ ތަކެތީގެތެރެއިން ޙަވާލުކުރާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  7. މަސައްކަތާ ގުޅޭ ގޮތުން އިދާރާއިން އަންގާ ކަންކަން ކޮށް ނިންމާ ބެލެހެއްޓުން.
  8. ޕާރކުތަކުގައި ބާއްވާ އެކިއެކި އިވެންޓްތަކާ ގުޅިގެން ކުރަން ކުރަންޖެހޭ ކަންކަން ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮށްބެލެހެއްޓުން.
  9. ޕާރކުތަކުގައި ބާއްވާ އެކިއެކި ޙަރަކާތްތަކާ ގުޅިގެން ޕާރކަށް ބަލައިގަންނަން ޖެހޭ ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްގެ ކަމާ ބެހޭ ސެކްޝަނަށް ޙަވާލު ކުރުން.
  10. ޕާރކުތަކުގައި ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އެއްޗެއް ހަލާކުވެއްޖެނަމަ ލަސްނުކޮށް އެ އެއްޗެއް މަރާމާރުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ކަމާބެހޭ ސެކްޝަނާއި ގުޅައިގެން ކުރުން.

ތައުލީމީ ފެންވަރު:

  1. ޖީ.ސީ.އީ އޯލެވެލްގައި "ދިވެހި" ހިމެނޭ ގޮތަށް 3 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން

ނުވަތަ

   2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  2. މަސައްކަތު ވަގުތު 8 ގަޑިއިރު
  3. ރޭގަނޑައި ފަތިހުގެ ވަގުތުތަކުގައި ޑިއުޓީ ހަމަޖައްސައިފިނަމަ މަސައްކަތްކުރެވޭ މީހުނަށް އިސްކަންދެވޭނެ
  4. ކުއްލިއަކަށް އަންގާލުމުންވެސް މަސައްކަތަށް ނިކުމެވޭ މީހުނަށް އިސްކަންދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން އަދި ވެބްސައިޓް www.malecity.gov.mv އިން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެމްބަރ 2020 ގެ 13:30 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޑިސެމްބަރ 2020 އާއި 17 ޑިސެމްބަރ 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                     03 ރަބީޢުލްއާޚިރު 1442

18 ނޮވެންބަރު 2020
ހޯދާ