ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް"

މިކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަންތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ހަމައެހެންމެ، ބައިވެރިންނަށް އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

ތަމްރީން ކުރެވޭނެ ދާއިރާތައް:
- ގާޑެނިންގ
- މޭސަނަރީ
- ވެލްޑިންގ
- އިލެކްޓްރީޝަން
- ހެވީ ވެހިކަލް އޮޕްރޭޓަރ
- ސައިޓް ސުޕަވައިޒަރ ފޮރ ބިލްޑިންގ ކޮންސްޓަރަކްޝަން

ޕްރޮގަރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:
- އޯލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ، އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
- 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތެއްކަމުގައި ވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން
- ބައިވެރިން ހޮވުމުގައި މިދާއިރާތަކުން ކުރިއަށް ދިޔުމަށް ޤަސްދުކުރާ ފަރާތްތަކަށް އިސްކަން ދެވޭނެ.
- މިޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- .

ޖާގައިގެ އަދަދު: 60

ޕްރޮގްރާމްގެ މުއްދަތު: 4 މަސްދުވަސް.

މުސާރަ: 6000.00ރ (މަހަކު ހަ ހާސް ރުފިޔާ)

..........................................................................................................................................................................................
މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް މިކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެ ވާހާކަވެސް ދަންނަވަމެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްރެންޓިސްޝިޕްއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްރެންޓިސްޝިޕްއަށް އެދޭފޯމާއިއެކު މި ލިންކު(https://rb.gy/kyf6bx) މެދުވެރިކޮށް ހުށަހަޅާލެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ 9:00 – 12:00 އާ ދެމެދު މިކޯޕަރޭޝަނުގެ 3355204 ނަންބަރު ފޯނަށް ގުޅާލެއްވުން އެދެމެވެ.

16 ނޮވެންބަރު 2020
ހޯދާ