މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ފެނުގެ ވިއުގަފުޅާކުރުމާއި ފެންރައްކާކުރެވޭ މިންވަރު އިތުރުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ފެނުގެ ވިއުގަފުޅާކުރުމާއި ފެންރައްކާކުރެވޭ މިންވަރު އިތުރުކުރުން

ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-158460-CW-RFB

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

އިޢުލާން ނަމްބަރ: (IUL)438-MCEP/438/2020/223                 ތާރީޚް: 16 ނޮވެމްބަރ 2020

 

  1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގައި ފެނުގެ ވިއުގަފުޅާކުރުމާއި ފެންރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 03 ޑިސެމްބަރ 2020 ގެ 14:00 ގެ ނިޔަލަށް އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން، ކުންފުނީގެ ރެޖިސްޓްރޭޝަން ނަމްބަރ އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
  3. މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 5،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
  4. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.
  5. މިބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެހެއް ކަމަށްވާ  [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
  6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 17 ނޮވެމްބަރ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  7. ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިލެކްޓްރޯނިކް ޛަރީޢާއަކުން ހުށަހެޅޭ ބީލަންތައްތައް ބަލައި ނުގަނެވޭނެއެވެ. އަދި ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
  8. ބީލަންތައް ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި ބީލަންތައް ހުށަހަޅާފަރާތްތަކުގެ މަންދޫބުންގެ ހާޟިރުގައި މިމިނިސްޓްރީގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ލޮޓް ނަމްބަރ އަދި ބީލަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  9. މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ޝަޒްލީނާ އިބްރާހިމް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިންގުން

މާލެ/ ދިވެހިރާއްޖެ

ފޯން: 8441 301 00960

އީމެއިލް:  [email protected]

16 ނޮވެންބަރު 2020
ހޯދާ