މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި އިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް އާއްމު ކުރުމާއި ، އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބޭނެ ފަރާތް ހޮވުމަށް ގުރުއަތުލުން ބޭއްވުން

އިޢުލާން

                 އެދުރުވެހީގެ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން " އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 6  ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، އެދުރުވެހީގެ 2 ކޮޓަރީގެ 3 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް 2020 ނޮވެންބަރު 04 އިން ފެށިގެން ގެޒެޓްކޮށް އާއްމުކުރުމަށްފަހު، ޝަކުވާ ހުށަހެޅުއްވުމަށް ދެވުނު ފުރުސަތުގައި ޕޮއިންޓް ލިބުނު ތަރުތީބަށް އެއްވެސް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް ހުށަހަޅުއްވާފައިނުވާތީ، އެދުރުވެހީގެ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ދާއިމީ ލިސްޓް އާއްމު ކުރަމެވެ. މި ލިސްޓް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑު ގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގަ އާއި އެދުރުވެހީގެ ނޯޓިސްބޯޑު އަދި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމާއެކު، މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mvގައި 2020 ނޮވެންބަރު 16  އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

                 އެދުރުވެހީގެ ފްލެޓަށްއެދި، ފޯމްހުށަހެޅި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބުނު 3 ފަރާތަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން 2020 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި، އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގައި ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައިފީމެވެ.

                 ވީމާ، މިދެންނެވި ގުރުއަތުގައި ބައިވެރިވެދެއްވުމަށް ދައުވަތުއެރުވޭ ފަރާތްތަކުން ދަޢުވަތުއެރުވޭ ގަޑިއަށް އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

                 

16 ނޮވެންބަރު 2020
ހޯދާ