ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ކޮނޑޭގައި އައުޓްޑޯ ޖިމް ހެދުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ އައުޓްޑޯ ޖިމް ހެދުމަށް ހަމަޖެހިފައިވާ ބިން ، ކޮނޑޭ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ކޮނޑޭ ކުޑަކުދިންގެ ޕާކާއި އިންވެގެން އުތުރަށް އޮތް 100 ފޫޓް 60 ފޫޓްގެ ބިމުގައި 1 އިން 8 އަށް ނަންބަރު ޖަހާފައިވާ 7 ރުކާއި، 1 ފުނަގަހުގެ  ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި  1 އިން 8 އަށް ނަންބަރު ޖަހާފައިވާ 7 ރުކާއި، 1 ފުނަގަހަކީ އެއްވެސް މީހަކު އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ ރުއްގަހުގެ މިލްކްވެރިކަން ސާބިތުކޮށްފައިވާ ލިޔުން 2020 ނޮވެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2020
ހޯދާ