ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ބިނާކޮށްފައިވާ 3 ބުރީގެ އިމާރާތާއި އޮޑިޓޯރިއަމް އިމާރާތް ކޮށްފައިވާ ގޮތުގެ އެސެސްމަންޓެއް ހަދައިދީ ކޮންމެހެން ރަގަޅުކުރަންޖެހޭ ކަންކަމަށް ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީއޯކިއު ހަދައިދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުޅުދުއްފުށި ސިޓީގައި ބިނާކޮށްފައިވާ 3 ބުރީގެ އިމާރާތާއި އޮޑިޓޯރިއަމް އިމާރާތް ކޮށްފައިވާ ގޮތުގެ އެސެސްމަންޓެއް ހަދައިދީ ކޮންމެހެން ރަގަޅުކުރަންޖެހޭ ކަންކަމަށް ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީއޯކިއު ހަދައިދިނުމަށް އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 10:00ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 22 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.  މި އިޢުލާނާއެކު މި މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން "ކުޅުދުއްފުށި ސިޓީގައި ބިނާކޮށްފައިވާ 3 ބުރީގެ އިމާރާތާއި އޮޑިޓޯރިއަމް އިމާރާތް ކޮށްފައިވާ ގޮތުގެ އެސެސްމަންޓެއް ހަދައިދީ ކޮންމެހެން ރަގަޅުކުރަންޖެހޭ ކަންކަމަށް ޓެކްނިކަލް ސްޕެސިފިކޭޝަން އަދި  ބީއޯކިއު ހަދައިދިނުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 26 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

16 ނޮވެންބަރު 2020
ހޯދާ