މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގެ އުޞޫލު

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020

ގެ އުޞޫލު

މިއީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގެ އުޞޫލެވެ. މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރަތާއި ޚިލާފަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެއްގެ ގޮތުގައި ވާޗުއަލްކޮށެވެ.

 

1.         މުބާރާތުގެ މަޤްޞަދުތައް:

1.1           ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުން.

1.2           ކީރިތި ޤުރްއާން ތަޖްވީދުމަގަށް ކިޔެވުމަށް ހިތްވަރުދިނުން.

1.3           ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

1.4           ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން.

1.5           ޤާރީން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުން.

1.6           ބައިނަލް އަޤްވާމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރީންގެ އާރެއް އުފެއްދުން.

1.7           ދިވެހީންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން ޤާއިމުކުރުމަށާއި އެކަމުގެ ރޫޙު އަށަގެންނެވުން. 

1.8           ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން.

1.9           ދިވެހިރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ އެންމެހާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދީ، ކީރިތި ޤުރްއާނަށް ހިތް ޖެއްސުން.

 

2.         މުބާރާތުގެ ވިލަރެސް ކޮމިޓީ:

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގެ އެންމެހައި ކަންތައްތައް ބަލައި ވިލަރެސް ކުރުމަށްޓަކައި 13 މެމްބަރުންގެ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ.

 

3.         މުބާރާތް ރޭވިފައިވާ ގޮތް: 

3.1        މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރަންވާނެއެވެ.

3.2        މި މުބާރާތް ހުޅުވާލެވިފައި ވަނީ ޢުމުރުން ހަތަރު އަހަރުން މަތީގެ ފަރާތްތަކަށެވެ.

3.3        މުބާރާތް އޮންނާނީ 2 ބުރަކަށް ބަހައިލެވިގެންނެވެ. އެއީ އޮޑިޝަނުގެ ބުރާއި ފައިނަލް ބުރެވެ.

3.4        ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ އެންމެހައި ދިވެހިންގެ ތެރެއިން، މި މުބާރާތުގައި ބައިވެރިވާން އެދޭ، އެންމެހާ ފަރާތްތަކަށް، މި މުބާރާތުގެ އޮޑިޝަންގައި ބައިވެރި ވުމުގެ ދޮރުވަނީ ހުޅުވިފައެވެ.

 

4.         މުބާރާތް ބާއްވާ ތާރީޚް

4.1        އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގްތައް ހުށަހެޅުމުގެ މުއްދަތަކީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 ން 28 ނޮވެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ށެވެ.

4.2        ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހަޅާނީ، 13 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ 08:00 ން 17 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ށެވެ.

ނޯޓް: މުބާރާތުގައި ރަޖިސްޓްރީ ވިކަމުގައި ބެލެވޭނީ ކެނޑިޑޭޓް ރަޖިސްޓަރީވި ކަމުގެ މެސެޖް ކެނޑިޑޭޓަށް ލިބުމުންނެވެ.

 

5.          މުބާރާތުގެ ޢުމުރުފުރާ، މުޤައްރަރު އަދި ކެޓެގަރީތައް

5.1       ޢުމުރުފުރާ އަދި މުޤައްރަރު

މުޤައްރަރު

ޢުމުރުފުރާ

#

މުޖައްވަދު

ޙަދަރު

ނިމޭކޮޅުން ނަމަ

ފެށޭކޮޅުން ނަމަ

ނިމޭކޮޅުން ނަމަ

ފެށޭކޮޅުން ނަމަ

30 ވަނަ ފޮތް

1 ވަނަ ފޮތް

30 ވަނަ ފޮތް

1 ވަނަ ފޮތް

 

އަހަރުން ދަށް

7

1

29 ވަނަ ފޮތް

2 ވަނަ ފޮތް

29 ވަނަ ފޮތް

2 ވަނަ ފޮތް

 

އަހަރުން ދަށް

9

2

27، 28 ވަނަ ފޮތް

3، 4 ވަނަ ފޮތް

27، 28 ވަނަ ފޮތް

3، 4 ވަނަ ފޮތް

 

އަހަރުން ދަށް

11

3

25، 26 ވަނަ ފޮތް

5، 6 ވަނަ ފޮތް

25، 26 ވަނަ ފޮތް

5، 6 ވަނަ ފޮތް

 

އަހަރުން ދަށް

13

4

23، 24 ވަނަ ފޮތް

7، 8 ވަނަ ފޮތް

23، 24 ވަނަ ފޮތް

7، 8 ވަނަ ފޮތް

 

އަހަރުން ދަށް

16

5

21، 22 ވަނަ ފޮތް

9، 10 ވަނަ ފޮތް

21، 22 ވަނަ ފޮތް

9، 10 ވަނަ ފޮތް

 

އަހަރުން ދަށް

19

6

19، 20 ވަނަ ފޮތް

11، 12 ވަނަ ފޮތް

19، 20 ވަނަ ފޮތް

11، 12 ވަނަ ފޮތް

 

އަހަރުން ދަށް

21

7

16، 17، 18 ވަނަ ފޮތް

13، 14، 15 ވަނަ ފޮތް

16، 17، 18 ވަނަ ފޮތް

13، 14، 15 ވަނަ ފޮތް

 

އަހަރުން މަތި

21

8

 

  • މި މުބާރާތުގައި ބައިވެރިން ކިޔަވާނީ އެބައިވެރިޔަކު ބައިވެރިވާ ޢުމުރުފުރާއަކުން އެ އުމުރުފުރާއެއްގެ މުޤައްރަރުގެ ތެރެއިން 10 ފޮޅުވަތުގެ މިންވަރެވެ.
  • ހުށަހަޅާ ރެކޯޑިންގ ގައި، ކިޔަވަން ފެށުމުގެ ކުރިން، ކިޔަވަން ފަށާ އާޔަތް ނަންބަރާއި  ސޫރަތް ބުނަން ވާނެއެވެ.

 

ނޯޓު: މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2020 އަށެވެ.


 

5.2       ކެޓެގަރީ

މި މުބާރާތް ބާއްވާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގަށް) ކިޔެވުމުގެ ކެޓެގަރީ އާއި ޙަދަރުކޮށް ( ކުރު ރާގަށް) ކިޔެވުމުގެ ކެޓެގަރީއެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރި ވެވޭނީ ބޭނުން ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ.

 

6.         މުބާރާތް ކުރިއަށް ދާނެ ގޮތް

މުބާރާތް ކުރިއަށް ދާނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އޮޑިޝަންގެ ބައެވެ. ދެވަނަ ބަޔަކީ އޮޑިޝަނުން ހޮވޭ ބައިވެރިންގެ ފައިނަލް ބުރެވެ.

ފުރަތަމަ ބައި:

7.         އޮޑިޝަން ގެންދާނެ ގޮތް

7.1          އޮޑިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރަންވާނެއެވެ.

7.2          އޮޑިޝަންގައި ބައިވެރިވާ ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއެއްގެ ކިޔެވުމުގެ ވީޑިއޯއެއް މުބާރާތުގެ ޕޯޓަލްއަށް ފޮނުވަން ވާނެއެވެ.

7.3          އޮޑިޝަންގެ ރެކޯޑިންގައި، ކިޔަވާއިރު، ކިޔަވާ ބައިވެރިޔާ ލާ ހެދުމަކީ ޤުރްއާން ކިޔަވާ ޙާލަތާއި  ގުޅޭ، އެކަށީގެންވާ ހެދުމަކަށް ވާންޖެހޭނެއެވެ.

 

8.         އޮޑިޝަންގައި ކިޔަވާ ބައިގެ ޤަވާޢިދު:

8.1          އޮޑިޝަނަށް ހުށައަޅާ ވީޑިއޯގެ މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާން ވާނެއެވެ. (ކިޔަވާ ބައިވެރިޔާގެ ކިޔެވުގެ އަޑާއި މަންޒަރު އިންޞާފު ކުރެވޭ ވަރަށް ސާފު ނުވާނަމަ، އެ ކިޔެވުމެއް ޑިސްކޮލިފައި ވާނެއެވެ.)

8.2          ކިޔަވާ ބައިގެ ދިގުމިނަކީ 10 ފޮޅުވަތުގެ މިންވަރެވެ.

 

9.         ފައިނަލް ބުރަށް ކުދިން ހޮވާނެގޮތް

9.1              އޮޑިޝަންގެ ބައިވެރިންގެ ތެރެއިން ފައިނަލް ބުރަށް ހޮވޭނީ 80 އިން ފެށިގެން މަތިން މާކްސް ލިބޭ  ބައިވެރިންނެވެ.

9.2              ފައިނަލް ބުރަށް ހޮވޭނީ ކޮންމެ ޢުމުރުފުރާއަކުންވެސް ދެ ޖިންސު ވަކިން އަދި ކޮންމެ ކެޓެގަރީއަކުން އެންމެ މަތިން މާކްސް ހޯދާފައިވާ ބައިވެރިންގެ ތެރެއިން 25 ބައިވެރިންނެވެ.

10.    މުބާރާތުގެ ފަނޑިޔާރުން:

މުބާރާތުގެ އޮޑިޝަނާއި ފައިނަލް ބުރުގައި އިންސާފު ކުރާނީ ވިލަރެސް ކޮމެޓީން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމިޓީންނެވެ.

 

11.    މުބާރާތުގައި އިންސާފުކުރެވޭ ބައިތަކަށް މާކްސް ކަނޑައެޅިފައިވާ ގޮތް

 

ފަނޑިޔާރު 1

ފަނޑިޔާރު 2

ފަނޑިޔާރު 3

ކެޓެގަރީތައް

ލަޙްނު ޖަލީ / ދެލިގަނޑު

ލަޙްނު ޚަފީ

ފަޞާޙާ

އަޑު

ރާގު

މުޖައްވަދުކޮށް ކިޔެވުން

30

35

15

10

10

ޙަދަރުކޮށް ކިޔެވުން

35

35

10

10

10

 

 

  1. 12.    މުބާރާތުގައި ހޮވާ ވަނަތަކާއި، ދޭ ޚާއްޞަ އިނާމާއި ސަނަދު:

12.1           ކޮންމެ ޢުމުރު ފުރާ އަކުން އަންހެން އަދި ފިރިހެން ވަކިން، ކޮންމެ ކެޓަގަރީއަކުން 1ވަނަ، 2ވަނަ، 3ވަނަ

12.2           މުބާރާތުން، މުޖައްވަދުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  އަންހެން 1ވަނަ، 2ވަނަ، 3ވަނަ

12.3           މުބާރާތުން، މުޖައްވަދުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  ފިރިހެން 1ވަނަ، 2ވަނަ، 3ވަނަ

12.4           މުބާރާތުން، ޙަދަރުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  އަންހެން 1ވަނަ، 2ވަނަ، 3ވަނަ

12.5           މުބާރާތުން، ޙަދަރުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  ފިރިހެން 1ވަނަ، 2ވަނަ، 3ވަނަ

12.6           މުޅި މުބާރާތުން (މުޖައްވަދު އަދި ޙަދަރު ދެ ބައި އެއްކޮށް) 1ވަނަ، 2ވަނަ، 3ވަނަ

12.7           ކޮންމެ ކެޓަގަރީ އަކުން، އެއްވަނަ އަށް އަންނަ ފަރާތް ކަނޑައަޅާ، އިނާމު ލިބޭނީ، މުބާރާތުގެ ފައިނަލް ބުރުގައި ކިޔެވި ބައިން، %80 ން ފެށިގެން މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ.

12.8           ކޮންމެ ކެޓަގަރީ އަކުން، ދެވަނަ އަށް އަންނަ ފަރާތް ކަނޑައަޅާ، އިނާމު ލިބޭނީ، މުބާރާތުގެ ފައިނަލް ބުރުގައި ކިޔެވި ބައިން، %75 ން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ.  (އެއްވަނައަށް ދިޔަ ފަރާތް ފިޔަވައެވެ.)

12.9           ކޮންމެ ކެޓަގަރީ އަކުން، ތިންވަނަ އަށް އަންނަ ފަރާތް ކަނޑައަޅާ، އިނާމު ލިބޭނީ: މުބާރާތުގެ ފައިނަލް ބުރުގައި ކިޔެވި ބައިން، %70 ން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ. (އެއް ނަވަ އަދި ދެ ވަނަ އަށް ދިޔަ ފަރާތް ފިޔަވައެވެ.)

12.10       މުޅި މުބާރާތުން އެއްވަނަ ބައިވެރިޔާއަށް ކަނޑައެޅިފައިވާ އިނާމު ލިބޭނީ: %80 ން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ. ދެވަނަ ބައިވެރިޔާއަށް ކަނޑައެޅިފައިވާ އިނާމު ލިބޭނީ: %75 ން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ. ތިންވަނަ ބައިވެރިޔާއަށް ކަނޑައެޅިފައިވާ އިނާމު ލިބޭނީ %70 ން ފެށިގެން މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތަކަށެވެ.

12.11       ވަނަވަނައަށް އަންނަ ބައިވެރިޔާ ކަނޑައެޅުމުގައި، އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިންނަށް އެއްވަރަށް މާރކްސް ލިބިއްޖެ ނަމަ:

  • ·            ފުރަތަމަ ބަލާނީ ލަހުނު ޖަލީއަށެވެ. މިބައިން އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ·            ލަހުނު ޖަލީ އިން އެއްވަރު ވެއްޖެނަމަ، ދެން ބަލާނީ ލަހުނު ޚަފީ އަށެވެ. މި ބަޔަށް ބަލައި މިބައިން އެންމެ މަތީން މާރކްސް ލިބޭ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ·            ލަހުނު ޚަފީ އިން އެއްވަރު ވެއްޖެ ނަމަ، ފަޞާޙާގެ ބަޔަށް ބަލައި، މި ބައިން އެންމެ މަތީން މާކުސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ·            ފަޞާޙާގެ ބައިން އެއްވަރު ވެއްޖެނަމަ އަޑާއި ރާގަށް ލިބިފައިވާ މާރކްސް އަށް ބަލާ އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ·            މި ހުރިހާ ގޮތަކުންވެސް އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިން އެއްވަރު ވެއްޖެ ނަމަ، އެ ހުރިހާ ބައިވެރިންނަށްވެސް ވަނަ ލިބޭނެއެވެ.

12.12       މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތަކުގެ ބާވަތްތަކާއި މިންވަރުތަކާއި، ލިޔުންތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުންނެވެ.

 

13.    ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތައް

13.1       މުބާރާތުން، މުޖައްވަދުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  1 ވަނަ އަންހެން ބައިވެރިޔާ

13.2       މުބާރާތުން، މުޖައްވަދުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  1 ވަނަ ފިރިހެން ބައިވެރިޔާ

13.3       މުބާރާތުން، ޙަދަރުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  1 ވަނަ އަންހެން ބައިވެރިޔާ

13.4       މުބާރާތުން، ޙަދަރުކޮށް ކިޔެވުމުގެ ބައިން ހުރިހާ ޢުމުރު ފުރާއެއް އެއްކޮށް  1 ވަނަ ފިރިހެން ބައިވެރިޔާ

13.5       މުޅި މުބާރާތުން ( މުޖައްވަދު އަދި ޙަދަރު ދެ ބައި އެއްކޮށް) ކިޔެވުމުގެ ބައިން 1 ވަނަ ބައިވެރިޔާ

 

  1. 14.    މިއުޞޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ގޮތް ނިންމާނީ މިނިސްޓްރީންނެވެ.

 

01 ރަބީޢުލްއާޚިރު 1442

16 ނޮވެންބަރު 2020

16 ނޮވެންބަރު 2020
ހޯދާ