ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2021 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:    90 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު:  

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:     60 ޖާގަ

 

 

ޤިރާއަތު ސެޓްފިކެޓް 3

 

ޝަރުޠު:       

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:    60 ޖާގަ

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު:       

  1. ޤިރާއަތު ސެޓްފިކެޓް 3 ފުރިހަމަކޮށް ފާސްވެފައިވުން
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:       2 ސެމިސްޓަރ

ޖާގަ:         60 ޖާގަ

 

ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް

 

ޝަރުޠު:      

  1.  ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:   2 ސެމިސްޓަރ

ޖާގަ:     30 ޖާގަ

 

 

 

 

 

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ

 

ޝަރުޠު:       

1.  ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.

2.  މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:      3  އަހަރު ( 6 ސެމިސްޓަރ )

ޖާގަ:         30 ޖާގަ

 

އިމާމުކަމުގެ ޑިގްރީ ކޯސް

 

ޝަރުޠު:      

  1. ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:3  އަހަރު ( 6 ސެމިސްޓަރ )

ޖާގަ:    30 ޖާގަ

 

ޢަރަބި ބަހުގެ ޑިޕްލޮމާ

 

ޝަރުޠު:       

  1. މަރްކަޒުން ޤަބޫލު ކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  4 ސެމިސްޓަރ

ޖާގަ:     30 ޖާގަ

 

 

 

 

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2020 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ރިސެޕްޝާނުން  ލިބެން ހުންނާނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ޑިސެމްބަރ 15 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސްބަޖެކްޓްގެ ގޮތުގައި "Semester 1, 2021”  ޖެއްސެވުން އެދެމެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީ ގަތުން އޮންނާނީ 2020 ޑިސެމްބަރ 20 ން 2021 ޖެނުއަރީ 07 އާއި ދެމެދުއެވެ.

15 ނޮވެންބަރު 2020
ހޯދާ