މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް ހަނދާންކޮށްދިނުން

މިކައުންސިލްގެ އުޞޫލު ނަންބަރު 2020/3 (ރ.މަޑުއްވަރީގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)308/2020/46 (16 އޮގަސްޓު 2020) އިޢުލާނުގައި ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު މާދަމާ 2020 ނޮވެންބަރު 16 އަށް ހަމަވާނެ ވާހަކަ ދަންނަވަމެވެ.

އެހެންކަމުން، ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތީގެ ވެރިފަރާތެއްވާނަމަ، މާދަމާގެ (2020 ނޮވެންބަރު 16 ގެ ނިޔަލަށް) އެތަކެތި ނަންގަވައި ދެއްވުން އެދެމެވެ. މިތާރީޚުގެ ނިޔަލަށް އެތަކެތި ނުނަގައިފިނަމަ، މިކައުންސިލްގެ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އެތާރީޚުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ކައުންސިލަށް ނަގާނެވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                     

15 ނޮވެންބަރު 2020

15 ނޮވެންބަރު 2020
ހޯދާ