މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ކުލީ ބިންދޫކުރުން

މި އިޢުލާންވަނީ 16 ނޮވެންބަރު 2020 11:38 ގައި ބާތިލް ކުރެވިފައެވެ.


                                             ނަންބަރު: IUL)321/321/2020/153) 

އިޢުލާން

ވަގުތީގޮތުން ކުލީ ބިންދޫކުރުން

 

މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި، ނަފާވެރި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރުމަށް ރަށުގެ އިރުމަތީކޮޅު ސިނާއީ ސަރަޙައްދުންނާއި ހުޅަނގުކޮޅުން ވަގުތީގޮތުން 1 އަހަރު ދުވަހަށް ބިން ކުއްޔަށްދޫކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކައްކާ ހިއްކުމަށް ދޫކުރާ 17 ބިމާއި، ނަފާވެރި އިޤްތިޞާދީ މަސައްކަތްކުރުމަށް ދޫކުރާ 26 ބިމެވެ. މި ބިންތައް ދައްކުވައިދޭ ޗާޓާއި ރަށުގެ އައުޓްލައިން ޗާޓެއް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރި ވެލައްވާފަރާތްތަކުން 22 ނޮވެމްބަރ 2020 އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކުއްޔަށް ހިއްޕަވަން ޤަޞްދުކުރައްވާ ބިމާއި އެބިމަށް ހުށަހަޅުއްވާ ކުލި (އަކަފޫޓަކަށް 0.60 ލާރިއަށްވުރެ ކުޑަނޫން އަގެއް) ބަޔާންކުރައްވައި، 30 ނޮވެމްބަރ 2020 ވާ ހޯމަދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

29   ރަބީޢުލްއައްވަލް    1441

15 ނޮވެންބަރު 2020
ހޯދާ