މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިޝަރ

މަޤާމުގެ ނަންބަރު

J-221464

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 4 ( އޮފިސަރ ގްރޭޑް 2 )

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް

މުސާރަ

5020 ރުފިޔާ

ސަރވިސް އެލެވަންސް

1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލެވަންސް

700 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      އަތޮޅު ކައުންސިލްގެ ޕްރޮކިއުމަންޓް ޕްލޭން ކުރިއަށް އޮތް އަހަރަށް ލަފާކޮށް ހިނގާ އަހަރުގެ 31 ޑިސެމްބަރ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެސަރީގައި ޤާއިމް ކޮށްފައިވާ ޕްރޮކިއުމަންޓް ނިޒާމްގެ އީމެއިލްއަށް ފޮނުވުން.

2-      އަތޮޅުކައުންސިލް އިދާރާގެ ޔުނިޓަކުން މުދަލެއް ނުވަތަ ޚިދްމަތެއް ހޯދަން އެދިއްޖެނަމަ އެމުދަލެއް ނުވަތަ ޚިދްމަތެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ބަޖެޓް ގައި ހުރިތޯ ބަލާ ކަށަވަރުކުރުން.

3-      އަތޮޅުކައުންސިލް އިދާރާގެ އެއްވެސް ޔުނިޓަކުން މުދަލެއް ނުވަތަ ޚިދްމަތެއް ހޯދަން އެދިއްޖެނަމަ އެމުދަލެއް ނުވަތަ ޚިދްމަތެއް ހޯދުމަށް ބޭނުންވާ ކޯޓޭޝަން ހަމަކުރުމާއި އެކު އެޚިދްމަތެއް ނުވަތަ މުދަލެއް ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުން.

4-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކަކީ ވާދަވެރި މާހައުލަކަށް ހުޅުވާލެވިގެން އިޤްތިސާދީ ގޮތުން އެންމެފައިދާހުރި ހާމަކަންބޮޑު ގޮތެއްގައި ޒިންމާދާރު ކަމާއި އެކު ހޯދޭ މުދަލާއި ޚިދްމަތްކަން ޔަޤީން ކުރުން.

5-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތައް އިދާރާގެ ފަރާތުން ބަލައިގަތުމަށްފަހު އެޚިދްމަތުގެއަގު، މުދާ ނުވަތަ ޚިދްމަތް ފޯރުކޮށްދިން ފަރާތާއި، އެއްބަސްވެފައިވާ މުއްދަތުގައި އަދާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

6-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދާ އިދާރާގެ ފަރާތުން ބަލައިގަތުމަށްފަހު ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން. 

7-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދާ ތަނުގެ އިންވެންޓްރީއަށް އެރުވުމަށްޓަކައި އިންވެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އިންވެންޓްރީ ބަލަހައްޓާ ފަރާތައް ފޯރުކޮށްދިނުން.

8-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކުގެތެރެއިން މާލިއްޔަތު ޤަވާއިދާއެއްގޮތަށް ބިޑަށް ހުޅުވާލަން ޖެހޭ މުދަލާ ޚިދްމަތަށް ބޭނުންވާ ބީއޯކިޔޫ، ބިޑް ޑޮކިއުމަންޓާއި ، މައުލޫމާތު ސީޓްފަދަ މުހިއްމު ޑޮކިއުމަންޓް ތައް ތައްޔާރުކުރުން. އަދި ބިޑް ބަލައިގަތުމަށް ބޭނުންވާއެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

9-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކާގުޅިގެން ލިބޭ ބިޑްތައް އިވެލުއޭޓްކުރުމަށް ބިޑް އިވެލުއޭޝަން ކޮމެޓީ އަށް ފޮނުވުން އަދި އެކޮމެޓީގެ ބައްދަލުވުންތަކަށް ކިއުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ބެލެހެއްޓުންފަދަ ބިޑް އިވެލުއޭޝަން ކޮމެޓީ އާ ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.

10-  އަތޮޅުކައުންސިލް ގެ ބިޑް އިވެލުއޭޝަނަށްފަހު ބިޑް ކާމިޔާބުކުރިފަރާތައް ބިޑް އެވޯރޑް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމާއި އެބިޑް އެވޯރޑްކުރުން.

11-  އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތް ހޯދުމަށް ހުޅުވާލެވޭ ފުރުޟަތު ތަކުގައި ބީލަމުގައި ބައިވެރިވާ ހުރިހާ ފަރާތްކަކުގެ މެދުގައި ހަމަހަމަކަމާ އިތުބާރާއިއެކު ތަފާތުކުރުމެއް ނެތި ޕްރޮކިއުމަންޓްގެ ކަންތައް ގެންދެވޭނެ ކަމުގެ ޔަޤީންކަން ހޯދައި ދިނުން.

12-  އަތޮޅުކައުންސިލް ގެ ބީލަމުގައި ބައިވެރިވާ އެންމެހާފަރާތްތަކުން ހުށައަޅާ ލިޔެކިއުންތަކާއި މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން.

މަޤާމުގެ ޝަރުތުތައް

  • މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

މިވަޒީފާއާއި ގުޅުންހުރި ދާއިރާތަކުން ހާޞިލްކޮށްފައިވާ ސެޓްފިކެޓެއް ކަމުގައިވުން

މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.)

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 29 ނޮވެމްބަރ 2020 އާއި 03 ޑިސެންބަރ 2020 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580238 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

29 ރަބީއުލްއާޚިރު 1442

15 ނޮވެންބަރު 2020
ހޯދާ