މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުދިވިޔަފާރިތަކަށް 4 ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ކުދިވިޔަފާރިތަކަށް 4 ބިމެއްކުއްޔަށްދޫކުރުން

          މިރަށުގެ ބަނދަރުކައިރި ކުދިޝޮޕްތައްހުރި ސަރަޙައްދުން އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 320  އަކަފޫޓްގެ 4 ބިން (31.2/31.3/31.4/31.5) ކުދިވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއެއްގޮތަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މި 4 ބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން   ބިޑުގަތުމަށްއެދޭ ފޯމް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް  ބޭނުންވާ ބިމެއްގެ " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމް ވިއްކުން

(ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

22 ނޮވެމްބަރ 2020 ވާ އާދިއްތަ  ދުވަހުން ފެށިގެން 30  ނޮވެމްބަރ 2020 ވާ ހޯމަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

02 ޑިސެމްބަރ 2020  ވާ ބުދަ ދުވަސް

މެންދުރު 12:00  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯމް ހުށަހެޅުން )

10 ޑިސެމްބަރ  2020 ވާ ބުރާސްފަތި ދުވަސް

މެންދުރު 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

           ބިޑްފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ނޮވެންބަރު 2020
ހޯދާ