މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގައި ގޭަސް ޑެލިވަރީ ކުރުމަށް ބޭނުންކުރާ 7 (ހަތެއް) ވެހިކަލްގެ އޭ.ސީ ސާރވިސް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

މިކުންފުނީގައި ގޭަސް ޑެލިވަރީ ކުރުމަށް ބޭނުންކުރާ 7 (ހަތެއް) ވެހިކަލްގެ އޭ.ސީ ސާރވިސް ކުރަންބޭނުންވާތީވެ މިކަންކޮށްދޭނޭ ފަރާތެއް ހޯދުމަށް 12 އޮކްޓޯބާރ 2020 ގައި ގެޒެޓް ކުރެވުނު އިޢުލާނާގުޅިގެން ( އިޢުލާން ނަންބަރ: MGPL-I/PD/2020/18 )  އެކަށީގެން ވަރަށް އަންދާސީބީ ހުށަހަޅާފައިނުވާތީވެ މިދެންނެވި އިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

23 ނޮވެމްބާރ 2020 ވާ ހޯމަ ދުވަހު 19:00 އަށް،

މައުލޫމާތު ސާފުކުރުން އޮންނާނީ މޯލްޑިވް ގޭސް މާލެ ޑިސްޓްރިބިއުޝަން ޔުޓް، (ބޮޑުތަކުރުފާނުމަގު) ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް

29 ނޮވެމްބާރ 2020 ވާ އާދީއްތަ ދުވަހު 11:30 ގައި

ބިޑަށް އަގު ހުށަހަޅަން ވަޑައިގަންނަވާނީ މޯލްޑިވް ގޭސް ހެޑްއޮފީސް (އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 4 ވަނަފަންގިފިލާ ) އަށެވެ.

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މި އިޢުލާނާއިއެކު ބިޑުގެ މަޢުލޫމާތު ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.

 

15 ނޮވެމްބާރ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

15 ނޮވެންބަރު 2020
ހޯދާ