މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ޑީ.ސީގެ ހިއްސާ ސްޕްލިޓާއި ބޯނަހަށްފަހު މުޢާމަލާތްކުރުމަށް ހުޅުވާލުން

މިކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންގެ ހިއްސާތައް، މޫނުމަތީ އަގު -/100ރ (ސަތޭކެ ރުފިޔާ)ގެ ކޮންމެ ހިއްސާއަކަށް މޫނުމަތީ އަގު -/10 (ދިހަ ރުފިޔާ)ގެ 10(ދިހައެއް) ހިއްސާ ލިބޭ ގޮތަށް ހިއްސާ ސްޕްލިޓް ކުރުމަށްފަހު 10(ދިހައެއް) ހިއްސާއަކަށް 1 (އެކެއް) ހިއްސާ ބޯނަހުގެ ގޮތުގައި އެކަށައެޅުމާ ގުޅިގެން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމް.އެސް.ޑީ) ގައި އެކައުންޓު ހުޅުއްވާފައިވާ މިކުންފުނީގެ ހިއްސާދާރުންގެ އެކައުންޓަށް އެފަރާތްތަކަށް އެކަށައެޅުނު ހިއްސާ ޖަމާކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އެހެންކަމުން، ހިއްސާގެ ބާޒާރުގެ ލިސްޓިންގ ރޫލްސްގައިވާ ގޮތުގެ މަތިން، މިކުންފުނީގެ ހިއްސާ 28 އެޕްރީލް 2014 ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިކުންފުނީގެ ހިއްސާއާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމް.އެސް.ޑީ)ގެ ނަންބަރު 3306868 އަށް ގުޅުއްވުން އެދެމެވެ.

24 އޭޕްރިލް 2014
ހޯދާ