މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވޮލަންޓަރީ ރެޕަރޓްރިއޭޝަންގެ ދަށުން ގައުމަށް ދިޔުމަށް އެދި ހުށަހަޅާފައިވާ ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތް ބިދޭސީ ފަރާތްތައް ގައުމަށް ފޮނުވައިލުމައި ގުޅޭ

އިޢުލާން

ވޮލަންޓަރީ ރެޕަރޓްރިއޭޝަންގެ ދަށުން ގައުމަށް ދިޔުމަށް އެދި ހުށަހަޅާފައިވާ ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލް އޮތް ބިދޭސީ ފަރާތްތައް ގައުމަށް ފޮނުވައިލުމައި ގުޅޭ

ސައްޙަ އެމްޕްލޯޢިމެންޓް އެޕްރޫވަލްއެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްޙަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ދަނީ ހުށަހަޅަމުންނެވެ. މި ފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށެވެ.

މިގޮތުން، މި އިއުލާނާއި އެކު އާންމުކުރެވޭ ލިސްޓްގައިވާ ބިދޭސީ ފަރާތްތަކަކީ މަތީގައި ބަޔާންކުރެވުނު ފަދަ ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީ ފަރާތްތަކެވެ.

ވީމާ، މި ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާނަމަ، އެކަން ބަޔާންކޮށް 21 ނޮވެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މި މިނިސްޓްރީއަށް އަންގާފައި ނުވާ، މި ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތައް "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމުގައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

11 ނޮވެންބަރު 2020
ހޯދާ