މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު

 އިޢުލާން

ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފައްދާފައިވާ މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ދައުރު ހަމަވާތީއާއި އަދި ކައުންސިލުން ހުސްވެފައިވާ ބައެއް މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފަރީ ކައުންސިލް

މަޤާމް

ރަޖިސްޓަރޑް ނާރސް

ބޭނުންވާ ޢަދަދު

01 (އެކެއް)

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 39 ވަނަމާއްދާ އާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް.

 ބޭނުންވާ ދާއިރާ

 ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހެއް

 

މެންބަރުކަމުގެ ޝަރުޠު

 

  1. މި މަޤާމައް ކުރިމަތިލާ މެންބަރުކަމުގެ ސިފަތަކުގެ އިތުރުން، މެންބަރު ވާންވާނީ، މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ މީހަކު ކަމުގައެވެ.

 

  2. ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ    ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

 

 

މަޤާމައް ކުރިމަތިލާ މެންބަރުކަމުގެ ސިފަތައް

  1. ދިވެހި ރައްޔިތެއްކަމުގައި ވުން.
  2. ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޙްލާގް ހުރި މީހަކު ކަމުގައިވުން.
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  4. ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  5. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  6. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  7. ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  8. ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  9. ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  10. ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  11. ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

 

ތައުލީމަށްމާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ނަރސިންގ ޑިގްރީ – 20 މާކުސް

ނަރސިންގ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ  30 މާކުސް

ނަރސިންގ މާސްޓަރސް – 40 މާކުސް

ނަރސިންގ ޕީ.އެޗް.ޑީ 50 މާކުސް

 

 

މަސައްކަތުގެ ތަޖުރިބާއަށްމާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުން މަތި - 20 މާކްސް

 

މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.

 

  2. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޢައްޔަންކުރާނީ، މިނިސްޓްރީން    ޢާންމުކޮށް އިޢުލާންކުރުމުން ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ކޮށްގެން އެންމެ     މަތީ    މާކުސް ލިބޭ ފަރާތެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް، ހުށަހަޅާފައިވާ ކޮޕީ އެޓެސްޓް ކޮށްފައިނުވާނަމަ، އިންޓަވިއުއަށް ޙާޟިރުވާއިރު ސެޓްފިކެޓްތަކުގެ އަޞްލު ގެންނަން ވާނެއެވެ.)
  3. މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް (މަސައްކަތް ކުރި ތަނާއި ކުރިމަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ  
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  6. ވަނަވަރު (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެގޮތަށް)

 

 

ސުންގަޑި

 

24 ނޮވެންބަރު 2020 ގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކައް މިނިސްޓްރީން ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މިނިސްޓްރީއަށް އެޕްލިކޭޝަން މުއްދަތް ހަމަވުމުގެ ކުރިން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 އަދި 3014330 އެވެ.

11 ނޮވެންބަރު 2020
ހޯދާ