ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާއަދާކުރުމުގެ ފުރުޞަތު

       

ކޮންޓްރެކްޓް އުސޫލުން ވަޒީފާއަދާކުރުމުގެ ފުރުޞަތު

ތާރީޚް

 

10 ނޮވެމްބަރު 2020

ނަންބަރު

IUL)168-CA/1/2020/24)

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

ސެކްރެޓަރީ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު:

23 ފެބުރުވަރީ 2021 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7,600 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

ޖީސީއީ އޭލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން

މަސްޢޫލިއްޔަތު:

  1. ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ތައްޔާރުކުރަންޖެހޭ މެމޯ އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އެގްޒެކެޓިވް ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެގްޒެކެޓިވް ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  3. ސެކްރެޓަރީ ޖެނެރަލް ބާއްވާ އެހެނިހެން ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  4. ސެކްރެޓަރީ ޖެނެރަލްއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ފޮނުވާ އަދި ސެކްރެޓަރީ ޖެނެރަލްއަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް، ބެލެހެއްޓުން.
  6. ކޮމިޝަންގެ މެއިން ފައިލިންގ ސިސްޓަމް ބެލެހެއްޓުން އަދި ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  7. ކޮމިޝަނަށް ލިބޭ ލިޔެކިއުންތައް އެންޓްރީ ކުރާ މުވައްޒަފު ނެތް ހާލަތުގައި އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން، އަދި ރިސެޕްޝަން ބަލަހައްޓާ މުވައްޒަފު ނެތް ޙާލަތެއްގައި ރިސެޕްޝަން ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތް ކުރުން.
  8. އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ރާއްޖޭގެ އެތެރޭގައި ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ކުރުމަށް ރާވާ ދަތުރުތައް، އެދަތުރުކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  9. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  10. އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުން.
  11. ކޮމިޝަންގެ މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުމާއި ކޮންމެ މަހަކު 1 ފަހަރު ކޮމިޝަންގެ ހުރިހާ ހަރުމުދަލެއް ހުރި ހާލަތު ދެނެގަނެ އެތަކެތި މަރާމާތު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކުރުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން.
  12. ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
  13. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  14. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  15.  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު:

21 އެޕްރީލް 2021ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ޙާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ޙާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސްޢޫލިއްޔަތު:

  1. އެންޓި-ޓޯޗަރ ޤާނޫނު އަދި ކޮންވެންޝަން އެގެއިންސްޓް ޓޯޗަރއާ އެއްގޮތްވާ ގޮތުގެ މަތިން، އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި، އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް ޢަމަލެއް ހިނގިޔަނުދިނުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާ އަދި ޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން،
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން،
  3. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސަމާލުކަމަށް ގެނައުން،
  4. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި، މުއައްސަސާތަކާއި، އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާޙަދާތަކާއި، ޤަރާރުތަކާއި، ސްޓޭންޑަޑްތަކާ އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވުން،
  5. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުން،
  6. މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރަތް ކުރުމަށްފަހު، އެއިދާރާތަކަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
  7. ޑިރެކްޓަރުގެ ލަފާއާއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
  8. މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުންހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި، ތަމްރީން ޕްރޮގްރާމްތަކުގައި ސެޝަންތައް ފެސިލިޓޭޓްކުރުން. މީގެއިތުރުންވެސް މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން،
  9. ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން،
  10. ޑިރެކްޓަރ ނެތް ޙާލަތެއްގައި، ޑިޕާޓްމަންޓްގެ މަސައްކަތް ބެލެހެއްޓުމާއި ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތް ކުރުން
  11. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  12. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  13. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު:

06 (ހައެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ޙާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ޙާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަސްޢޫލިއްޔަތު:

  1. ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން މައްސަލަ ބެލުމަށް ޙަވާލުކުރާ މައްސަލަތައް، ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙްޤީޤިކޮށް ބެލުން.
  2. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
  3. މައްސަލަތައް ބެލުމުގައި ޙާޞިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމާ ކަމާބެހޭ ދާއިރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  4. ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތުކޮށްގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  5. ކޮމިޝަންގެ ޓޯލް-ފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމަށްޓަކައި ޑިޕާޓްމަންޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ޑިއުޓީ އަދާކުރުން.  
  6. ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އެހެން ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު، ކަނޑައެޅިފައިވާ ޤަވާޢިދާއި އުސޫލުތަކާއި އެއްގޮތަށް ދިނުން.
  7. ތަޙްޤީޤުކުރުމާގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައްކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  8. މައްސަލަތަކާބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ޑޮކިއުމެންޓްކުރުމާއި މިފަދަ ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުން ކޮމިޝަނުގެ ފޯކަލް ގްރޫޕްތަކުގެ މަސައްކަތްތަކުގައި  އެއްބާރުލުންދީ، އެހީތެރިވުން.
  10. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  11. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  12. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ އެޓެސްޓްކޮށްފައިވާ ލިޔުން

ސުންގަޑި

22 ނޮވެމްބަރު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމުތަކުގެ ތެރެއިން 3 މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ މުއްދަތު ހިމެނޭ ވަގުތީ މަގާމުތަކަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމައެވެ.
  3. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  5. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިޔަރީ ޓެސްޓާއި އިންޓަވިއު އޮންނާނީ  ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

                  

 

10 ނޮވެންބަރު 2020
ހޯދާ