އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2020 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ނަންނޯޓް ކުރެއްވުމަށް، 2020 ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން 2020 ނޮވެމްބަރ 24 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00އާ ދެމެދު، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، ލިބިވަޑައިގަންނަވާނެ އެވެ. މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވާ ފަރާތްތަކުން، 2020 ނޮވެމްބަރ 26 ވަނަ ދުވަހުގެ 13:30 ގެކުރިން، މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2020 ނޮވެމްބަރ 26 ވަނަ ދުވަހުގެ 13:35 ގައެވެ.

11 އޮކްޓޫބަރު 2020
ހޯދާ