އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

އިޢުލާން ނަންބަރު: AS/IUL/2020/019

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: އެކައުންޓްސް އެންޑް ފައިނޭންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެކައުންޓިންގ ނުވަތަ ފައިންނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފައިސާ ބެލެހެއްޓުމާއި ބަޖެޓުގެ މަސައްކަތްކުރުން.
  2. އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
  3. އާމްދަނީ ފައިސާއާއިބެހޭ ލިޔެކިޔުންތަކާއި ބިލްތައް ރައްކާތެރިކޮށް ފައިލްކޮށްފައި ހުންނަނީ ރަނގަޅަށްތޯ ޗެކްކުރުން.
  4. އިންޓާނަލް އޯޑިޓް އާއި އެކްސްޓާނަލް އޯޑިޓް ސެކްޝަންއާކުރެވޭ ސުވާލުތަކަށާއި ބޭނުންވާ މައުލޫމާތުތައް ހޯދައިދިނުން.
  5. ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ފައިސާގެ މުޢާމަލާތްތަކުގެ ފައިލް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ދާކަން ކަށަވަރުކުރުން.
  7. މިނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

- އަސާސީ މުސާރަ: -/8075 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: -/2664.75 ރުފިޔާ

 ތައުލީމީ ފެންވަރާއި، ހުނަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި ޕްރޮބޭޝަން މުއްދަތުގައިވެސް އެލަވަންސްތައް ދެވޭނެއެވެ.

 

ކުރިމަތިލުމުގެ ސުންގަޑި:  16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ

09 ނޮވެންބަރު 2020
ހޯދާ