މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ މުބާރާތާބެހޭ

މިރަށުގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި "ކައުންސިލް ނެޓްބޯލް ޗެލެންޖް-1" ގެ ނަމުގައި، ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން، މި މުބާރާތުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވާ މިލަދުއަށް ނިސްބަތްވާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 ޑިސެންބަރު 2020 ވާ ހޮނިހިރު ދުވަހެވެ.

މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރައްވައި، މިކައުންސިލްގެ އީ-މެއިލް ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު، މިއަދުން ފެށިގެން މިކައުންސިލްގެ އިދާރާއިން ނުވަތަ މި ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ލިބެން ހުންނާނެއެވެ.

09 ނޮވެންބަރު 2020
ހޯދާ