މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

     ނަންބަރު:   IUL)202-M/1/2020/ 93)

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2020  ނޮވެމްބަރ 12 އިން 15 އަށް، ކޮންމެ ދުވަހެއްގެ 18:00 އިން 01:00 އަށް ޅ.މާފިލާފުށީގައި  ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

  1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް :              އޭކޭ ސީރީޒް ރައިފަލް
  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:         2900 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        2900 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:         ސީ.ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:           ޅ.މާފިލާފުށީ ރޭންޖުއިން ހުޅަނގު ދެކުނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

                  22 ރަބީއުއްއައްވަލް 1442

                  08 ނޮވެމްބަރ     2020

 

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

09 ނޮވެންބަރު 2020
ހޯދާ