ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާއަށް ދެންނެވުން

  ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާއަށް ދެންނެވުން

 

ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

 

 

1.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2020 ނޮވެމްބަރ 27 (ހުކުރު) ދުވަހުގެ ހަވީރު 16:00

 

2.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:

އޮންލައިންކޮށް (އޮންލައިންކޮށް ބައިވެރިވުމުގެ ތަފްސީލުތައް ވަކިން ހިއްސާކުރެވޭނެ)

 

3.     ޖަލްސާގެ އެޖެންޑާ

(1)   ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

(2)   ސްކައުޓް އެސޯސިއޭޝަނުގެ ޚަޒާންދާރު އިސްތިއުފާ ދެއްވާފައިވާތީ، އެސޯސިއޭޝަނުގެ ހިންގާގަވާޢިދާއެއްގޮތަށް އެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތް އެ މަގާމުގައި ދެމިހުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއް ނިންމުން.

(3)   ގައުމީ ސްކައުޓް ކައުންސިލްގެ ދައުރުގެ މުއްދަތު ހަމަވާ ތާރީޚަކީ 27 ސެޕްޓެމްބަރ 2021 ކަމަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ ނިންމަވާފައިވާތީ އާއި، ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ސްކައުޓް ހަރަކާތް މަޑުޖެހުމާއި އަދި މިދަނޑިވަޅުގައި އައު އިންތިޚާބެއް ބޭއްވުން ދަތި ވާނެތީ ގައުމީ ސްކައުޓް ކައުންސިލްގެ ދައުރު އިތުރުކުރުމާމެދު އެސެންބްލީއަށް ފެންނަގޮތް ނިންމުން.

(4)   މަންދޫބުން ޚިޔާލު ފާޅު ކުރުން

 

4.     ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.

 

5.     ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2020 ނޮވެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

********************

19 ރަބީޢުލްއައްވަލް 1442

5 ނޮވެމްބަރ 2020

05 ނޮވެންބަރު 2020
ހޯދާ