ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ކޮނޑޭގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ ގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގެ އެޅުމަށް ކަނޑައަޅާފައިވާ ބިން ، ކޮނޑޭ ސަރަޙައްދީ މަގުގެ އިރުން ކޮނޑޭ ވޭސްޓްމެނޭޖްމެންޓް ސެންޓަރާއި، ހޭޅިފަށާއި ދެމެދުގައި އޮތް ހޮސްބިމުގައި ފާހަގަކޮށްފައިވާ 150 ފޫޓް 150 ފޫޓްގެ ބިމުގައި 1 އިން 45 އަށް ނަންބަރު ޖަހާފައިވާ 45 ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، އިސްވެ ދެންނެ ސަރަޙައްދުގައި 1 އިން 45 އަށް ނަންބަރު ޖަހާފައިވާ 45 ރުކަކީ އެއްވެސް މީހަކު އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ ރުއްގަހުގެ މިލްކްވެރިކަން ސާބިތުކޮށްފައިވާ ލިޔުން 2020 ނޮވެމްބަރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

 

05 ނޮވެންބަރު 2020
ހޯދާ