މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

                                                                             ނަންބަރު:   IUL)202-M/1/2020/92)

 

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2020  ނޮވެމްބަރ 11 އިން 12 އަށް، ކޮންމެ ދުވަހެއްގެ 10:00 އިން 16.00 އަށް ސ.ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :              މެޝިން ގަން ފަޔަރިން

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:        5000 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        100 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:          ސ.ގަމުގެ ދެކުނުން 07 މޭލު ބޭރުގައި

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

                  18 ރަބީއުއްއައްވަލް 1442

                   04 ނޮވެމްބަރ    2020

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

05 ނޮވެންބަރު 2020
ހޯދާ