ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމާއި ގުޅޭ

ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމާއި ގުޅޭ

            ހޯރަފުށީގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ހޯރަފުށީ އެއާރޕޯޓުން ފެށިގެން ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަން ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މަޢުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

16 ނޮވެމްބަރ 2020

ހޯމަ

11:00

ޕްރޮޕޯސަލް ހުށަހެޅުން

23 ނޮވެމްބަރ 2020

ހޯމަ

11:00

           ޕްރޮޕޯސަލް ހުށަހެޅުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ރަބީޢުލްއައްވަލް 1442

05 ނޮވެންބަރު 2020
ހޯދާ