ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށި ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް ހަދައިދިނުމުގެ މަސައްކަތް

ހޯރަފުށި ރަމްޒުކޮށްދޭ މޮނިއުމަންޓާއި ގުޅޭ؛

        ރަށު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ތާރީޚު ރަމްކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަން ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ނުވަތަ ބިޑު ހުށަހެޅުމަށް ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

10 ނޮވެމްބަރ 2020

އަންގާރަ

11:00

އަންދާސީ ހިސާބު ނުވަތަ ބިޑު ފޯމް ބަލައިގަތުން

18 ނޮވެމްބަރ 2020

ބުދަ

11:00

         

          އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

           18 ރަބީޢުލްއައްވަލް 1442

           04   ނޮވެމްބަރ  2020

04 ނޮވެންބަރު 2020
ހޯދާ