މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
(އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ ދަށުން އަލަށް ހަދަންޖެހޭ ޤަވާއިދުތައް ހަދައިދިނުން

ނަންބަރު:  91/(IUL)202-A/1/2020)

                  

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ ޤާނޫނު ނަމްބަރު 5/2009 )އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން އަލަށް ހަދަންޖެހޭ ޤަވާއިދުތައް  ހަދައިދޭނެ  ފަރާތެއް  ހޯދަން  ބޭނުންވެގެން  2020  އޮކްޓޫބަރު  28  ވަނަ  ދުވަހު  ކުރެވުނު  ނަމްބަރު (IUL)202-A/1/2020/88 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރްޙީބެއް ލިބިފައިނުވާތީވެ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރު 08 ވާ އާދީއްތަދުވަހުގެ 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 ނޮވެމްބަރު 19 ވާ ބުރާސްފަތިދުވަހު 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

            އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޔަށް ޙާޟިރުނުވާ ފަރާތުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

               18 ރަބީޢުލްއާޚިރާ 1442

               4 ނޮވެމްބަރު    2020

04 ނޮވެންބަރު 2020
ހޯދާ