ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރީޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޝަތު

އިލެކްޓްރީޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޝަތު

 

       މޯލްޑިވްސް ޕޮލިޓެކްނިކާއި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ އަދި މިއިދާރާ ގުޅިގެން ސެޓްފިކެޓް ލެވެލް 03އިން އިލެކްޓްރީޝަން ކޯހެއް ފެށުމަށް ވަނީހަމަޖެހިފައެވެ. މިކޯހަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މިއިދާރާއިން ލިބެން ހުންނާނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ސުންގަޑިއަކީ 19 ނޮވެމްބަރ 2020ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިކޯހުގެ މުއްދަތަކީ 06 މަސް ދުވަހެވެ. ކޯސްފެށޭނެ ތާރީޚާއި ކޯހާއިބެހޭ އިތުރު މަޢުލޫމާތު ކޯހުގައި ބައިވެރިވާ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 9107177 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކޯހަށް ވަނުމުގެ ޝަރުޠު:

         ގްރޭޑް 07 ނިންމާފައިވުން، ނުވަތަ ސެޓްފިކެޓް ލެވެލް 02 ފުރިހަމަކޮށް އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

 

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ނޮވެންބަރު 2020
ހޯދާ