ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2021 ވަނަ އަހރު ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާއިބެހޭ

2021 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާބެހޭ

      

         2021 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

 

        ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ( ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

09 ނޮވެމްބަރ 2020

ހޯމަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

މައުލޫމާތު ސާފުކުރުން

10.30

ގއ.އަތޮޅުމަދަރުސާ

16 ނޮވެމްބަރ 2020

ހޯމަ

އަންދާސީ ހިސާބު ހުށަހެޅުން

10.30

ގއ.އަތޮޅުމަދަރުސާ

 

        މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7983072 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2020
ހޯދާ