މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

(IUL)10-C/10/2020/50 :ނަންބަރު

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-309826

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖުވެނައިލް ޖަސްޓިސް ޔުނިޓް / ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ސަރވިސަސް ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު 8,835.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ކައުންސެލިންގ/ ސައިކޮލޮޖީ/ ސޯޝަލް ވޯރކް /ސޯޝިއޮލޮޖީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 1100.00ރުފިޔާ
  3. ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކުމުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކަށް ޢަމަލުކުރުމާއި ކޯޓް އަމުރުތައް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓުން
  2. ވޭދަނައިގެ މަސައްކަތްކުރާ ކޭސް ވަރކަރުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ބޭނުންޥާ އިރުޝާދު ދިނުމާއި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތްބަލާ ކޭސް ވަރކަރުން ސުޕަވައިޒު ކުރުން
  3. ކުޑަކުދިންގެ މައްސަލަތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކަށް ޖަވާބު ދާރީވުން
  4. ކޭސްވަރކް މަސައްކަތްތައް ކަމާގުޅުންހުރި މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށް ގެންދިއުން
  5. ކުޑަކުދިންގެ މައްސަލަތަކާއި ގުޅިގެންތައްޔާރު ކުރަންޖެހޭ ސޯޝަލް އިންކުއަރީ ރިޕޯޓާއި ރިސްކް އެސެސްމަންޓް ހެދުމުގެ ކަންކަންހިނގާނުހިނގާގޮތް ބެލުމާއި ނިންމަންޖެހޭ މުއްދަތުގައި މަސައްކަތް ނިންމުން
  6. ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓް ތަމްސީލުކުރުމުގެ ކަންކަން ހަމަޖެއްސުން
  7. ވޭދަނައިގެ މަސައްކަތު ފައިލްތައް އަޕްޑޭޓްކޮށް ބަލަހައްޓާތޯ ޗެކް ކުރުމާއި ކުދިންގެ މައްސަލަތަކާއި ގުޅިގެން ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) އާއި ވިލީ ސިންތާ (ކޮމިއުނިޓީ ކޮންފަރެންސް) އިންތިޒާމްކޮށް ހިންގުން
  8. ޔުނިޓަށް ހުށަހެޅޭ ވޭދަނަތަކުގެ (ކޭސްތަކުގެ) ރެކޯޑުތައް ބެލެހެއްޓުމާއި، ޔުނިޓުގެ ވޭދަނަ ސިންތާ (ކޭސްވަރކް) ގެ ރެކޯޑުތައް ބެލެހެއްޓުމާއި ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސްގެ މަސައްކަތްތައް ބެލެހެއްޓުން
  9. މައްސަލަތަކުގެ ތަޙުޤީގުތަކުގައި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނެތް ޙާލަތްތަކުގައި ކުއްޖާގެ މަޞްލަޙަތު ތަމްޞީލުކުރުމުގެ ކަންކަން ހަމަޖެއްސުން
  10. ޤާނޫނާ ޚިލާފުވާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގެ ހިންގާ ވިލީ ތައުހީލު ޕްރޮގްރާމްތަކާއި މަރުކަޒީ ތައުހީލު ޕްރޮގްރާމްތަކުގައި ކުދިން ބައިވެރި ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން
  11. ކުށްކުރުމުން ކުދިން ދަފަރާކުރުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ޖުވެނައިލް ކްރައިމް ޕްރިވެންޝަން، އެޑްވޮކަސީ އެންޑް ރިސަރޗް ސެކްޝަނަށް ބޭނުންވާ އިދާރީ އަދި ފަންނީއެހީތެރިކަން ދިނުން 
  12. ކުށްކުރުމުން ކުޑަކުދިން ދަފަރާކުރުމުގެ ގޮތުން އެކިއެކި މުއައްސަސާތަކުން ހިންގާ ޕްރޮގްރާމްތަކުގައި އެހީތެރިކަން ދިނުމާއި ބޭނުންވާ ޙާލަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  13. އޮންކޯލް ޑިއުޓީ ތާވަލްކޮށް ބެލެހެއްޓުން އަދި ޑިއުޓީއަށް ހުށަހެޅޭ އަވަސް މައްސަލަތަކުގައި ގޮތް ނިންމުމަށް ޑިއުޓީގައި ތިބޭ ކޭސްވޯކަރުންނަށް ބޭނުންވާ އިރުޝަދުދިނުން
  14. ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިތިބޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ އިސްލާޙީ ސެޝަންތައް ކުރިއަށް ދަނީ އެކްޝަން ޕްލޭނާ އެއްގޮތަށްތޯ ބެލުމާއި މިކަމުގައި ކޭސްވަރކަރުންނަށް ބޭނުންވާ އިރުޝާދު ދިނުން
  15. ތަހުޤީޤު ބަންދުގައި ތިބޭ ކުދިންނާއި ހުކުމްތަންފީޛު ކުރުމުގެ ގޮތުން ޖަލުގައި ބަންދު ކުރެވިފައިވާ ކުދިންގެ ޙާލަތު މޮނިޓަރކުރުމާއި، ޙާލަތު އިސްލާޙު ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  16. އެކިއެކި ޕަބްލިކޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުން
  17. ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ބޭނުންވާ ގާނޫނުތަކާއި، ގަވާއިދު އަދި އުސޫލުތައް ހެދުމުގައި ބޭނުންވާ އެހީތެރިކަން ދިނުން
  18. މީޑިއާއިން ގެންނަ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އެހީތެރިކަން ދިނުން

މަޤާމުގެ ޝަރުޠުތައް:

  1. ކައުންސެލިންގ/ސައިކޮލޮޖީ/ސޯޝަލް ވޯރކް/ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު  ސޯޝަލް ސާވިސަސް ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ކައުންސެލިންގ/ސައިކޮލޮޖީ/ސޯޝަލް ވޯރކް/ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު  ސޯޝަލް ސާވިސަސް ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ  

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 2020 ޑިސެންބަރު 06 އާއި 17 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

16 ރަބީޢުލްއައްވަލް 1442

02 ނޮވެންބަރު 2020
ހޯދާ