ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު

       

އިންޓާންޝިޕް ފުރުޞަތު

ތާރީޚް

 

02 ނޮވެންބަރު 2020

ނަންބަރު

IUL)168-CA/1/2020/18)

ވިސްލް ބްލޯވާރސް ޕްރޮޓެކްޝަން ޔުނިޓް އަދި އިންވެސްޓިގޭޝަން ޔުނިޓް

ބޭނުންވާ ޢަދަދު:

02 (ދޭއް)

ބޭނުންވާ މުއްދަތު:

03 މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހެނދުނު 9:00 އިން  މެންދުރުފަހު 15:00 އަށް

އިސްކަންދޭ ފަރާތްތައް:

  1. އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
  2. ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
  3. ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.

މައިގަނޑު މަސައްކަތް:

  1. ވިސްލް ބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިވުން
  2. ޤާނޫނީ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން 

ކޮމިޝަން ބިއުރޯ

ބޭނުންވާ ޢަދަދު:

02 (ދޭއް)

ބޭނުންވާ މުއްދަތު:

03 މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:

  1. ބިއުރޯ އަދި މީޑިއާއާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް
  2. އެޑްމިނިސްޓްރޭޝަން އަދި މީޑިއާ އާ ގުޅުން ހުރި ދާއިރާއިން  ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)

މައިގަނޑު މަސައްކަތް:

1. ކޮމިޝަނަރސް ބިއުރޯ އާ ގުޅުން ހުރި މަސައްކަތްތައް (ކޮމިޝަން ޖަލްސާތަކާ ގުޅުން ހުރި މަސައްކަތްތައް ބެލެހެއްޓުން)

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

ބޭނުންވާ މުއްދަތު:

03 މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހެނދުނު 9:00 އިން  މެންދުރުފަހު 14:00 އަށް

އިސްކަންދޭ ފަރާތްތައް:

  1. އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
  2. ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
  3. ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.

މައިގަނޑު މަސައްކަތް:

  1. އިންވެސްޓިގޭޝަން ދަތުރުތަކުގައި ބައިވެރިވުން
  2. އިންވެސްޓިގޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ކޮލެޖް ނުވަތަ ޔުނިވަރސިޓީއެއްގައި ކިޔަވާނަމަ އެކަން އެނގޭނެ ލިޔުމެއް
  6. ތަޢުލީމީ ސެޓިފިކޭޓް ތަކުގެ ކޮޕީ

ސުންގަޑި

2020 ނޮވެންބަރު 10 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން

އެހެނިހެން

  1. އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު އެއް ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  2. އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  3. އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  4. އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
  6. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ.
       

                  

 

 

 

 

02 ނޮވެންބަރު 2020
ހޯދާ