މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ – ކ.ދޫނިދޫ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 7600 ރ
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކ.ދޫނިދޫ ސައިޓުގައި (އެކަމަޑޭޝަން ހަމަ ޖެހެންދެން މަސައްކަތް ނިންމާފައި މާލެ އާދެވޭގޮތަށް )

ޝަރުޠު:                 

  • ޖީސީއީ އޯ ލެވެލް އިމްތިހާނުގެ މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 3އެއްގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ސައިޓްގެ އެންމެހައި އިދާރީ މަސައްކަތްކުރުން އަދި މި ކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

މަޤާމް:

 އިންޖިނިއަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރަ އާއި އިނާޔަތްތައް:        

  • 13،800ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 3،120ރ ނުވަތަ

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ޑިގްރީ އިން އެންވަޔަރަންމަންޓަލް ސައިންސް / އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ މި ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު  މަދުވެގެން މި ދާއިރާއިން 03 އަހަރު ދުވަހު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން. 
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ ޕްރޮޖެކްޓްސްތަށް ހިންގުމުގެ މަސައްކަތަށް ބޭނުންވާ އެންވަޔަރަންމަންޓަލް އެނަލައިސިސްތަށް ހަދައި އީ.ޕީ.އޭ ގެ ސްޓޭންޑަޑްތައް ހިފެހެއްޓުމައި އެކަމަށް ބޭނުންވާ އެސެސްމަންޓްތައްހަދައި ރިޕޯޓް އެކުލަވާލުން.
  • މަސައްކަތް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 07 ނޮވެންބަރ 2020 ން 15 ނޮވެންބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯ “[email protected]”  އަށް 05 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001127 / 3001120   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

 

01 ނޮވެމްބަރ 2020

01 ނޮވެންބަރު 2020
ހޯދާ