ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

 

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު (IUL)1-POL(RA)/1/2020/41 (29 އޮކްޓޫބަރު 2020) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ.

މިގޮތުން، H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ) ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް ކަމުގައި ހަވާލާދީފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާ ފަރާތްތަކުގެ އިތުރުން، މި ކޮމިޓީއިން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާތީ، މިގޮތުން ފާހަގަކުރެވިފައިވާ އިތުރު ފަރާތްތަކުގެ ލިސްޓް، (ލިސްޓް 2) މި އިޢުލާނާއެކު އެޓޭޗްކުރީމެވެ. އަދި ހަވާލާދީފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ލިސްޓް (ލިސްޓް 1) ވެސް މައުލޫމާތަށްޓަކައި، މި އިޢުލާނާއެކު އެޓޭޗްކުރީމެވެ.

ވީމާ، މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ 2 ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން،  https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

01 ނޮވެންބަރު 2020
ހޯދާ