މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2020 ވަނަ އަހަރުގެ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

 

2019 ވަނަ އަހަރުގެ ޙާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 15 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 05 އޮކްޓޯބަރ 2020 ގައި ވާނީ ނަންބަރު: MTCC-CS/IU/2020/0221 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ:

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. ކުރިއަށް އޮތް ދައުރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރަކު އިންތިޚާބުކުރުން
  3. ޖަލްސާ ނިންމުން

 

ޖަލްސާއަށް ރެޖިސްޓަރ ކުރުން:

ކުންފުނީގެ މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ޙިއްޞާދާރުން 13 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްސާދާރުން އެމްއެސްޑީގެ އިންފިނިޓީ ޕޯރޓަލް (www.infinity.mv) މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓަރ ކުރެއްވދާނެއެވެ.

އިންފިނިޓީ މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯ އެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އަދި ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ލިންކު:  https://mtcc.mv/extraordinary-general-meeting/year/2020

 

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 އޮކްޓޫބަރު 2020
ހޯދާ