މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވާރކް ވީޒާ ފީ ދެއްކުމާއި ގުޅޭ

އިޢުލާން

 

ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީންގެ ވާރކް ވީޒާ ފީ ދެއްކުމާއި ގުޅޭ

ވާރކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވާރކް ވީޒާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީޒާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މިގޮތުން ވާރކް ވީޒާ ފީ ދެއްކެވުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ފޯމު ފުރިހަމަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުމުން، ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެއެވެ. އަދި ފީ ދެއްކެވުމަށް ބޭނުންފުޅުވާ މީހާގެ ރެކޯޑް ސިލެކްޓް ކުރެއްވުމުން، ވީޒާ ފީގެ ގޮތުގައި ދައްކަވަންޖެހޭ އަދަދު ފެނިވަޑައިގަންނަވާނެއެވެ.

ވީމާ ދަންނަވަމެވެ. "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ހުށަހަޅުއްވާނީ، ވާރކް ވީޒާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމުގައި ދެންނެވީމެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކެވުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. 

30 އޮކްޓޫބަރު 2020
ހޯދާ