ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ހއ. ބާރަށުގައި ކަޅުއޮށްފުންމި ހަރުގޭގެ ކޮންސެޕްޓު ތައްޔާރު ކޮށްދިނުމާއި ވާރުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހަޅާ ތާރީޙް ބަދަލުވުން

އަންދާސީ ހިސާބުބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)222-F/INDIV/2020/41 (22 އޮކްޓޯބަރ 2020) އިޢުލާންގެ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކުރިން ދެންނިވިފައިވާ ތާރީޚް ތިރީގައިވާ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ.

1-       ހއ.ބާރަށުގައި ކަޅުއޮށްފުންމި ހަރުގޭގެ ކޮންސެޕްޓާއި ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދިނުން

2-       ހއ.ބާރަށު ވާރުގެ ހިޔާކުރުމާއި، ދޮރާއި ދޮރުފަތް ލުމާއި އަދި ފާރުތައް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ މަސައްކަތް

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ހއ. ބާރަށު ކައުންސިލް އިދާރާ

އާދިއްތަ

01 ނޮވެމްބަރ 2020

11:30

އަންދާސީހިސާބު ހުށަހެޅުން

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ހއ. ބާރަށު ކައުންސިލް އިދާރާ

ހޯމަ

09‏ ނޮވެމްބަރ 2020

11:30

 

          މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނޯޓް: އަންދާސީ ހިސާބު ހުށަހަޅަންވާނީ ކޮންމެ މަސައްކަތަކަށްވެސް ވަކިވަކިންނެވެ.

 

‏13 ރަބީޢުލްއައްވަލު 1442

29 އޮކްޓޯބަރ 2020

29 އޮކްޓޫބަރު 2020
ހޯދާ