ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ބޭނުންވާ އިލެކްޓްރޯނިކް ތަކެތި ހޯދުމާއި ގުޅޭ

     ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަދަދު

ބާވަތް

05

ލެޕްޓޮޕް

12

ކޮމްޕިއުޓަރ ސިސްޓަމް

     ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ބޭނުންވާ އިލެކްޓްރޯނިކް ތަކެތި ސަޕްލައި ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 9 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަނާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

28 އޮކްޓޫބަރު 2020
ހޯދާ