ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުން ބާލައިގެން އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން ދައްކާ ތަނެއްގައި، 01 އަހަރު ދުވަހުގެ މުއްދަތަށް، ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުން ބާލައިގެން އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން ދައްކާ ތަނެއްގައި، 01 އަހަރު ދުވަހުގެ މުއްދަތަށް، ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ (60-PRE/CON/2020/160) އަށް އެކަށިގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2020 ނޮވެމްބަރ 08 ވަނަ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2020 ނޮވެމްބަރ 08 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2020 ނޮވެމްބަރ 08 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.

 

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ނޮވެމްބަރ 09 ދުވަހުގެ 1200  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 ނޮވެމްބަރ 10 ވާ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ  2020 ނޮވެމްބަރ 17 ވާ ދުވަހު 1100 ގައި އެސް.ޓީ.އޯ ލ. ފޮނަދޫ ފިހާރައިގައެވެ.

 

 

  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262,3012656

ފެކުސް:  3344633

އީމެއިލް: [email protected]

           

28 އޮކްޓޯބަރ 2020

 

 

28 އޮކްޓޫބަރު 2020
ހޯދާ